ބޭނުންވާ ތަކެތި:
1 ޕެކެޓް ކުކުޅު ފައި (ޅިޔަ އަޅާފައި)
1 ސައިސަމުސާ މުގުރިމިރުސް
1 ސައިސަމުސާ ލޮނުމިދު (ގާނާފައި)
1 ސައިސަމުސާ އިނގުރު (ގާނާފައި)
1 ސައިސަމުސާ ޗިލީ ޕޭސްޓު
1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓު
1 ސައިސަމުސާ އޮލިވް އޮއިލް
1/2 ސައިސަމުސާ ސޯއީ ސޯސް
1 ސައިސަމުސާ ލިނބޯ ހުތް
1 ސައިސަމުސާ ޕާރސްލީ ފަތް (ކޮށާފައި)
ލޮނު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ޕާރސްލީ ފަތް ނޫން ހުރިހާ އެއްޗެއް ބޯތަށްޓަކަށް އަޅައިގެން ޕޭސްޓް ތައްޔާރު ކޮށްލާށެވެ. އެއަށްފަހު ކުކުޅުފައި ތަކުގައި ޕޭސްޓު ރަނގަޅަށް އުނގުޅާލުމަށްފަހު 30 މިނެޓް ވަންދެން މެރިނޭޓް ކޮށްލަން ބަހައްޓާލާށެވެ. 200 ޑިގްރީގައި އަވަން ހޫނު ކުރުމަށްފަހު ޓްރޭއެއްގައި ކުކުޅުފައިތައް ފިހެލާށެވެ. އާއްމުކޮށް 25 ނޫނީ 30 މިނެޓާއި ދޭތެރޭ ބަހައްޓާލުމުން ކުކުޅުފައިތައް ހުންނާނީ ރަނގަޅަށް ފިހެވިފައެވެ. ޓްރޭ އަވަނުން ނެގުމަށްފަހު މައްޗަށް ޕާރސްލީ ފަތްކޮޅު އަޅާލާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން