ސޫޖީ އަކީ ދިވެހި ރަހަތަށް އޭގައި އެކުލެވޭ މީރު ބުއިމެކެވެ. އޮލަކަމެއް ހުއްޓަސް ސޫޖީ އަކީ އަނގަޔަށް މީރު ބުއިމެކެވެ. ސޫޖީ ތަތްކޮށްވެސް ހެދިދާނެއެވެ.

ތައްޔާރިއަށް ހޭދަވާނެ ވަގުތު: 15 މިނެޓު

ކެއްކުމަށް ނަގާނެ ވަގުތު: 20 މިނެޓު

ބޭނުންވާނެ ޖުމްލަ ވަގުތު: 35 މިނެޓު 

ބޭނުންވާނެ ތަކެތި:

• ½ ޖޯޑު ރަވާ

• ½ ޖޯޑު ކަނަމަދު (މެދުން ފަޅާލާފަ)

• 1 ޖޯޑު ފިޔާ (ކުދިކުދިކޮށް ކޮށާލާފަ)

• ½ ޖޯޑު ހިކިމޭބިސްކަދުރު

• 2 މޭޒުމަތީ ސަމްސާ ގިތެޔޮ / ކައްކާތެޔޮ

• ½ ދަޅު ގެރިކިރު

• ½ 1 ޖޯޑު ހަކުރު

• 5 ކާފޫރުތޮޅި އޮށް

• 2 ރާނބާފަތްކޮޅު (2/1 އިންޗި ހުންނަވަރުގެ)

• 3 ފޮނިތޮށިކޮޅު (2 އިންޗި ހުންނަވަރުގެ)

• 6 ޖޯޑު ފެން

• 2 ސައިސަމްސާ ވެނީލާ އެސެންސު

• ދެއިނގިލި ކުރިން ހިފާލެވޭ ވަރުގެ ކުޑަ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް: 

• ފިޔާ އަދި ރާނބާފަތްކޮޅު މަޑުވެލަންދެން ތެޔޮކޮޅުގައި ހޫނުކޮށްލާށެވެ.

• ހިކިމޭބިސްކަދުރު، ކާފޫރު އޮށް، ފޮނިތޮށި އަދި ކަނަމަދުކޮޅު އަޅާލުމަށްފަހު އެއްކޮށްލާ ފިޔާކޮޅު މަޅު ވަންދެން ހަލުވާލާށެވެ.

• ރަވާކޮޅު އެއްކޮށްލުމަށްފަހު، މަޑުގިނީގައި ހަލުވާލާށެވެ.

• ފެންފޮދާއި ހަކުރުކޮޅު އެއްކޮއްލާށެވެ.

• ހަކުރުކޮޅު ރަނގަޅަށް ގިރުމުން، ގެރިކިރުކޮޅު އަޅާލާށެވެ. އާދައިގެ ގިންޏެއްގައި ހަލުވަމުން ކައްކާލާށެވެ. މިގޮތަށް ރަނގަޅަށް ހަލުވާލަން ވާނެއެވެ. (ގަނޑު ވިޔަ ނުދޭށެވެ.)

• މިގޮތަށް ރަނގަޅަށް ކެކެން ފެށުމުން، ލޮނުކޮޅާއި އެސެންސުކޮޅު އެއްކޮއްލާށެވެ. އަދި މަޑު ގިނީގައި އިރުކޮޅަކު ( 2 މިނެޓު) ބަހައްޓާލާށެވެ.

• ސޫޖީ ހޫނުކޮށްވެސް އަދި ފިނިކޮށްވެސް ބޮވިދާނެއެވެ.