އިންސާނިއްޔަތުގެ ތާރީހުގައި އެތައް ބައިވަރު މަޝްހޫރު އަދި މާތް ޝަހުސިއްޔަތުތަކެއް ފެނިގެން ގޮސްފައިވެއެވެ. އެހެނަސް، އެ އެންމެހައި ބޭކަލުންގެ ތެރެއިން އެންމެ މަތިވެރި އަދި މާތްވެގެންވާ އިންސާނަކީ ކާކުތޯއެވެ؟. އާދޭހެވެ! ޝައްކެއްވެސް ނެތް ގޮތުގައި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމްއެވެ.
މާތް ނަބިއްޔާގެ ޙަޔާތްޕުޅަށް ބަލައިލާއިރު، އެކަލޭގެފާނުގެ މަތިވެރި އަޚްލާޤާއި، ރަޙުމަތްތެރިކަމާއި، ޢަދުލުވެރިކަން ފާހަގަކުރެވެއެވެ. އެކަލޭގެފާނަކީ އިންސާނިއްޔަތަށް ރަޙުމަތެއްގެ ގޮތުގައި ފޮނުއްވުނު ބޭކަލެކެވެ. އެކަލޭގެފާނުގެ އުއްމަތަށް އޯގާތެރިވެ ވަޑައިގަތުމުގައި އެކަލޭގެފާނު ދެއްކެވި ނަމޫނާއަކީ މިއަދުވެސް އަޅުގަނޑުމެން ހައިރާންވެ އަޖައިބުވާ ކަމެކެވެ.
އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކަށް ބަލާއިރު، އެކަލޭގެފާނު ގެންނެވި އިޞްލާޙުތަކާއި، ޤާއިމުކުރެއްވި ޢަދުލުވެރި މުޖުތަމަޢު ފާހަގަކޮށްލެވެއެވެ. ޖާހިލިއްޔަ ޒަމާނުގެ އަނދިރިކަމުން އިންސާނުން ސަލާމަތްކޮށް، ތައުޙީދުގެ އަލިކަމަށް މަގުދެއްކެވި ބޭކަލަކީ އެކަލޭގެފާނެވެ.
އެކަލޭގެފާނުގެ އުއްމަތަށް ދެއްވި ނަސޭހަތްތަކާއި، ދަސްކޮށްދެއްވި ޢިލްމުތަކަކީ މިއަދުވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގައި މުހިންމު ބައެކެވެ. އެކަލޭގެފާނުގެ ސުންނަތަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް ތަޠްބީޤުކުރެވޭނެ އަގުހުރި މަގެކެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްއަކީ ތާރީޚު ހެކިދޭ އެންމެ މާތް އިންސާނާއެވެ. އެކަލޭގެފާނުގެ މަތިވެރި ސިފަފުޅުތަކާއި، އިންސާނިއްޔަތަށް ކޮށްދެއްވި ޚިދުމަތްތަކަކީ އެހެން އެއްވެސް އިންސާނަކާ އަޅާ ނުކިޔޭވަރުގެ މަތިވެރި ކަންތައްތަކެކެވެ. އަޅުގަނޑުމެން އެންމެން ވެސް އެކަލޭގެފާނުގެ ނަމޫނާއަށް ތަބާވެ، އެކަލޭގެފާނުގެ އަޚްލާޤުން ސިފަ ލިބިގަންނަން މަސައްކަތް ކުރަންޖެހެއެވެ. އޭރުން އަޅުގަނޑުމެންނަށްވެސް ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބިގެންދާނެއެވެ.
وَصَلَّى اللهُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން