ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހިންގި ދެ މަޝްރޫއެއް ނިންމާލައިފިއެވެ.

އެގޮތުން، ނިންމާލާފައިވާ ދެ މަޝްރޫޢަކީ؛

ހދ. ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖްކޮށް، އެތަކެތިން މަސް ކާނާ އުފައްދާ ޕްލާންޓެއް ގާއިމުކުރުން
ބްލޫ ބައުލްސް ރާޅާއަޅާ ސަރަހައްދުގެ ފަރު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ގޮތަށް ރައްކާތެރިކުރުން

ކުމުންދޫގައި ހިންގި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) އިންނެވެ.

އަދި ގދ. ވާދޫ ކައިރީގައި އޮންނަ ބްލޫ ބައުލްސް ރާޅާ އަޅާ ސަރަހައްދުގެ ފަރު ރައްކާތެރިކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ގދ. ވާދޫގައި ހުވަދޫ އެސޮސިއޭޝަން ފޯ ޓޫރިޒަމް (ހެޓް) އިންނެވެ.