މާމުއި:

ހަމުގެ ސިއްހަތު ރަނގަޅުކުރުމަށް އޯގަނިކް މާމުއި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މާމުއި 15 މިނިޓު ވަންދެން މޫނުގައި އުނގުޅުމުން ހަމުގެ ތެތްކަން ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން މާމުއިގައި އެކުލެވޭ ބެކްޓީރިއާ މަރާ ބާވަތްތަކުގެ ސަބަބުން މޫނުގައި ނުކުންނަ ބިހިތައް ކޮންޓްރޯލް ކުރުމަށްވެސް އެހީތެރިވެދެއެވެ.

އެލޯވެރާ:

އެލޯވެރާގައި 98 ޕަސަންޓު ފެން އެކުލެވިގެންވާއިރު، މިއީ ހަމުގެ ސިއްހަތަށް ވަރަށް މުހިންމު އެއްޗެކެވެ. އެލޯވެރާގެ ޖެލްގައި އެކުލެވޭ ބާވަތްތަކުގެ ސަބަބުން ހަމުގެ ކޮލެޖަން އުފެއްދުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން އަވީގައި ގިނަވަގުތު އުޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ވެސް އެހީތެރިވެދެއެވެ.

ކާށިތެލުގެ ބޭނުން:

އިސްތަށީގެ ސިއްހަތު ރަނގަޅުކުރުމަށް ކާށިތެޔޮ ބޭނުން ކުރެވިދާނެއެވެ. ކާށި ތެލުގައި އެކުލެވޭ ފެޓީ އެސިޑްގެ ސަބަބުން އިސްތަށީގެ ތެރެއަށް ވަދެ، އިސްތަށި އާރާސްތުކޮށްދެއެވެ. މިއީ އާންމު ކޮންޑިޝަނަރުތަކަށްވުރެ ފައިދާ ބޮޑު އެއްޗެކެވެ.

އޯޓްމީލް ސްކްރަބް:

ހަމުގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތާލުމަށް އޯޓްމީލް ސްކްރަބްގެ ބޭނުން ކުރެވިދާނެއެވެ. އޯޓްމީލް އާއި ޔޯގަޓް ނުވަތަ މާމުއި އެއްކޮށްގެން ހަދާ ސްކްރަބް ބޭނުންކުރުމުން ހަމުގެ ސިއްހަތު ރަނގަޅުވެއެވެ. މިއީ ހަފްތާއަކު އެއްފަހަރު ބޭނުންކުރެވިދާނެ އެއްޗެކެވެ.

ހަކުރު ސްކްރަބް

ހަކުރާއި މާމުއި ނުވަތަ އޮލިވް އޮއިލް އެއްކޮށްގެން ހަދާ ސްކްރަބް ބޭނުންކުރުމުން ހަމުގެ ސިއްހަތު ރަނގަޅުވެއެވެ. މިއީ ގޭގައި ތައްޔާރުކުރެވޭ އަދި ހަމުގެ ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.