ހަލުއި ކަމާއެކު ފެތުރޭ ކޮވިޑް19ގެ ވޭރިއަންޓެއް އިންޑިއާގައި ފެތުރޭކަމުގެ އިންޒާރު، މިދިޔަ މާރިޗް މަހުގެ ކުރީކޮޅުގައި ދިންކަމަށް އިންޑިޔާގެ ސައިންސުވެރިން ބުނެފިއެވެ. އަދި އެ އިންޒާރު ދިންކަމުގައިވިޔަސް ވައިރަސް ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ވެސް ސައެންސްވެރިން ބުނެފައިވެ އެވެ.

އެގޮތުން މާސްކް ނާޅައި އެތައް ބަޔަކު ދީނީ ފެސްޓިވަލްތަކާއި ސިޔާސީ އެއްވުންތަކުގައި ބައިވެރިވެފައިވެއެވެ. ސައެންސްވެރިން ބުނެފައި ވަނީ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރުވެފައި ވަނީ އާ ވޭރިއަންޓްތަކުގެ ސަބަބުން ކަމަށެވެ. ފާއިތުވި 10 ދުވަހުގެ ތެރޭގައި އިންޑިއާގައި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ރޭޓް އުޅެނީ ތިން ލައްކައިން މަތީގައެވެ.

އިންޑިއާގައި ކޮވިޑް19ގެ އިތުރު ރާޅެއް ނަގާނޭކަމުގެ އިންޒާރު ސައެންސްވެރިން ދީފައި ވަނީ އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނަށެވެ. އެއީ ބޮޑުވަޒީރާއި ސީދާ ބައްދަލުވެވޭނެ ފެންވަރުގެ އޮފިޝަލުން ކަމަށް ވެސް އެ ސައެންސްވެރިން ބުނެފައިވެއެވެ.

އިންޑިއާގެ މި ވޭރިއަންޓް 17 ގައުމަކުން ވަނީ ފެނިފަ އެވެ. ބައެއް ގައުމުތަކުން މިހާރު ވަނީ އިންޑިއާއިން އެގައުމުތަކަށް އެތެރެވުންވެސް މަނާކޮއްފައެވެ.