ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރޭ ފަހަތުންއަރައި ކުލަބު އެޗްޑީސީ ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން މުބާރާތުގެ ތަށި ދިފާޢުކޮށްފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ސިފައިން ހޯދީ ވެސް ފައިނަލްގައި އެޗްޑީސީ ބަލިކޮށްގެންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުން ސިފައިން މޮޅުވީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-17 އިން އެޗްޑީސީން ކާމިޔާބުކޮށްފައިވަނިކޮށް، ސިފައިން ވަނީ ދެން ޖެހިގެންއައި ސެޓުތަކުގައި 25-21، 25-16، އަދި 25-23 އިން ކުރިހޯދާފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ހުސައިން ރައްޒާން އެވެ.
ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސިފައިންނަށް ސެޓްފިކެޓާއި، ޓްރޮފީ އަދި މެޑެލް ހަވާލުކޮށްދެއްވީ، ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޑރ. ޢަބްދުالله ރާފިޢު އެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން:
އެމްވީޕީ އެވޯޑް:
ހުސައިން ރައްޒާން - ދިވެހި ސިފައިންގެ ކުލަބު
އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) - ކުލަބު އެޗްޑީސީ
ހުސައިން ޝާހިދު - ދިވެހި ސިފައިންގެ ކުލަބު
19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: އަހުމަދު އިލްހާމް އަލީ - ބްލޫސް ފޯރ ވޮލީބޯލް
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: މުޙައްމަދު ހަމަދު - ދިވެހި ސިފައިންގެ ކުލަބު
އެންމެ މޮޅު ކޯޗު: މުމްތާޒް އަލީ - ދިވެހި ސިފައިންގެ ކުލަބު