ދުނިޔޭގެ ނަން މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނި ސޯނީން އާ އީޖާދެއް ތަޢާރަފުކޮށްފިއެވެ.

މިއީ ކޮންމެ ތަނަކަށް ގެންދެވޭ، ގަމީހުގެ ފަހަތުގައި ހަރުކުރެވޭ ކުޑަކުޑަ އޭސީއެކެވެ. މި އާ ޓެކްނޮލޮޖީއަކީ އާދައިގެ އަތު ފަންކާތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ އާ ގޮތެކެވެ.

"ރިއޮން ޕޮކެޓް 5" ގެ ނަމުގައި ސޯނީން ނެރެފައިވާ މި "ސްމާޓް ވެއަރަބަލް ތަރމޯ ޑިވައިސް ކިޓް" ވަނީ އޭޕްރިލް 23 ވަނަ ދުވަހު ބާޒާރަށް ނެރެފައެވެ. މިއީ އަމިއްލަ ހަށިގަނޑުގެ ފިނިހޫނުމިން ބަދަލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާލާތެކެވެ. ކަރުގެ ފަހަތުގައި ހަރުކުރެވޭ މި އާލާތުގައި ހުންނަ ސެންސަރުތަކުން ވަށައިގެންވާ މާހައުލުގެ ފިނިހޫނުމިނާއި، ވައިގެ ތެތްކަމާއި، އަދި ހަރަކާތްތައް ދެނެގަނެ، އެންމެ އެކަށީގެންވާ ފިނިހޫނުމިނަށް ބަދަލުކޮށްދެއެވެ.

ރިއޮން ޕޮކެޓް 5 ގައި ހޫނު ދުވަސްތަކަށް 5 ލެވެލްއެއްގެ ފިނިކަމާއި، ފިނި ދުވަސްތަކަށް 4 ލެވެލްއެއްގެ ހޫނުކަން ލިބިދެއެވެ. މި ޚާއްޞަ ކަމުގެ ސަބަބުން މި އާލާތަކީ ތޮއްޖެހިފައިވާ ތަންތަނާއި މާބޮޑަށް ތަންތަނަށް ވެސް އެކަށޭނަ އެއްޗެކެވެ. މީގެ އިތުރުން މި އާލާތާއެކު "ރިއޮން ޕޮކެޓް ޓެގް" އެއް ވެސް ބޭނުންކުރެވޭނެ ކަމަށް ބެލެވެއެވެ.

ރިއޮން ޕޮކެޓް ޓެގްއަކީ ޖީބަށް ލައިގެން އުޅެވޭވަރުގެ ކުޑަކުޑަ ޓެގެކެވެ. މި ޓެގް މަސައްކަތްކުރަނީ ދުރުން މަޢުލޫމާތު ފޮނުވާ ސެންސަރެއްގެ ގޮތުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މި ޓެގުން ވަށައިގެންވާ މާހައުލުގެ ހާލަތު ދެނެގަނެ، އެ މަޢުލޫމާތު ކަރުގައި ހަރުކޮށްފައިވާ ޔުނިޓަށް ފޮނުވައި، އޭގެ އަލީގައި ފިނިހޫނުމިން ބަދަލުކުރެވޭނެއެވެ. ރިއޮން ޕޮކެޓް 5 އަކީ ވަކިން ބޭނުންކުރެވޭ އެއްޗެއް ނަމަވެސް، ރިއޮން ޓެގާ އެކުގައި ބޭނުންކުރުމުން އަމިއްލަ ހަށިގަނޑަށް އެންމެ އެކަށޭނަ ފިނިހޫނުމިން ހޯދުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.