ދުނިޔޭގެ ގިނަބަޔަކު އަޖައިބު ކުރުވި ކައިވެންޏެއްގެ ގޮތުގައި ފާހަގަކުރެވޭ، ބްރެޒިލްގެ އަންހެނަކާއި ބުދެއްގެ ކައިވެނީގެ ވާހަކަ މީގެކުރިންވެސް ވަނީ އާންމުވެފައެވެ.
މެއިރިވޯން ރޮޗާ އާއި މާސެލޯ ނަމަކަށް ކިޔާ ބުދާ ކައިވެނިކުރީ 2022 ވަނަ އަހަރުއެވެ.
މެއިރިވޯން ބުނާ ގޮތުގައި އޭނާގެ މަންމަ ހަދައިދިން ބުދެއްކަމުގައިޗާ މާސެލޯ ފުރަތަމަ ދުށް ވަގުތު އޭނާ ވަނީ އެބުދުދެކެ ލޯބިވެފައެވެ. އެއަށްފަހު ކުޑަ މުއްދަތެއްގެ ތެރޭގައި އޭނާ ބުދާ ކައިވެނިކޮށް ބަލިވެއިންކަން ހާމަކުރިއެވެ. މެއިރިވޯން ހާމަކުރިގޮތުގައި އެ ދެމީހުންގެ ކައިވެނީގެ ޖަލްސާއަށް 250 އަށްވުރެ ގިނަ މީހުން ހާޒިރުވިއެވެ.
އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު މާސެލީނޯ ވިހެއުމަށްފަހު، މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު މެއިރިވޯން ވަނީ ދެ އަންހެން ކުދިން ވިހައިފައެވެ. މިކަން އޭނާ ވަނީ ފޭސްބުކް މެދުވެރިކޮށް ލައިވްކޮށްފައެވެ.
މެއިރިވޯންގެ މި ވާހަކަ މީސްމީޑިއާގައި ވަރަށް މަޝްހޫރުވެފައިވާއިރު، އޭނާގެ ސޯޝަލް މީޑިއާގައި 676،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބިކަމަށް ބުނެއެވެ. ނަމަވެސް، މިދިޔަ އަހަރު އެ ދެމީހުންގެ ކައިވެނީގެ އަހަރީ ދުވަހު މާސެލޯ ވަނީ މެއިރިވޯންއަށް ޚިޔާނާތްތެރިވެފައިކަމަށް މެއިރިވޯން ބުނެއެވެ.
މެއިރިވޯން ބުނާ ގޮތުގައި އޭނާގެ އެންމެ ބޮޑު އުންމީދަކީ އެ ޢާއިލާއަށް ގެއެއް ގަތުމާއި، އޭނާގެ ފިރިމީހާ އަބަދުވެސް ތެދުވެރިކަމާއެކު ދިރިއުޅުމެވެ.