އައު އަހަރު ފެށުމާއެކު، މިއީ އަަހަރެމެން އިސްކަންދޭ ކަންތައްތައް އަލުން ވަޒަންކޮށްލަންވީ ވަގުތެވެ. ބަލަންވީ ހަށިގަނޑަށް އެކަންޏެއް ނޫނެވެ. ސިކުނޑިއާއި ދޭދޭ ގުޅުންތަކަށްވެސް ފައިދާހުރި އާދަތަކަކަށް ބަދަލުކުރަން އެންމެ ރަނގަޅު ވަގުތެވެ. އެގޮތުން މިފަދަ ވަރުގަދަ އެއް އަޒުމަކީ އަބަދު މީހުން ރުުއްސުމުގެ އާދަ ހުއްޓާލައި، ވަކި މިންގަނޑެއް ކަންޑައަޅާ ކަންކަނ ތަންފީޒުކުރުމުގެ ތެރެއިން އަމިއްލަ ދިރިއުޅުން ކޮންޓްރޯލް ކުރުމެވެ. ބައެއްފަަހރު މީހުންނަށް "ނޫނެކޭ" ބުންޖެހޭ ފަހަރުވެސް އަންނާނެއެވެ.
މީހުންނަށް ރުއްސުމުގެ އާދައަކީ ކޮބާ؟
އެހެން މީހުން ރުއްސަން އަބަދުވެސް އުެވެނީ އެއްކިބާވުމާއި ނުވަތަ ބޭނުންތެރި މީހެއްކަން އިޙްސާސްކުރުމަށް ބޭނުންވާތީއެވެ. މިއީ ގެއްލުމެއް ނެތް ކަމެއްހެން ހީވިޔަސް، އަބަދުވެސް އެހެން މީހުންގެ ބޭނުންތަކަށް ތިބާގެ އަމިއްލަ ބޭނުންތަކަށްވުރެ އިސްކަންދިނުމުގެ ސަބަބުން ވަރުބަލިކަމާއި، ނުރުހުމާއި، އަދި އަމިއްލަ ޒާތުގެ ވަކި ސިފަތަކެއް ގެއްލުމަށް މަގުފަހިވެއެވެ.
އުސޫލު ކަނޑައެޅުން މުހިންމުވަނީ ކީއްވެ؟
އުސޫލުތަކަކީ އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކޮށް، ދުޅަހެޔޮ ގުޅުންތަކެއް ދެމެހެއްޓުމަށް ކަނޑައަޅާ މިންގަނޑުތަކެވެ. އޭގެ ސަބަބުން:
- ޙައްދުފަހަނައަޅާ ގޮތައް ހަވާލުވެވޭ ޒިންމާތަކާއި ވަރުބަލިކަން ހުއްޓުވައެވެ.
- އަމިއްލަ ނަފްސަށް އިޙްތިރާމްކުރުމާއި އިތުބާރު އުފެދެއެވެ.
- ގުޅުންތަކުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުން އިތުރުވެއެވެ.
މީހުންނަށް ނޫނެކޭ ބުނެ، ރުއްސުމުގެ އާދަ ހުއްޓާލާނީ ކިހިނެއް؟
1. އަމިއްލައަށް އިސްކަންދޭ ކަންތައްތައް ދެނެގަތުން: އަހަރެމެންގެ އަމިއްލަ ނަފްސަށް ޙަޤީޤަތުގައި މުހިންމު ކަންތައްތަކާއި، އަމިއްލަ ދިރިއުޅުން ކުރިއަރައި ދިއުމަށް ބޭނުންވާ ކަންތައްތަކާމެދު ވިސްނާލުން.
2. "ނޫނެކޭ" ބުނަން ދަސްކުރުން: ތިބާގެ ވަގުތާއި ހަކަތަ ބޭކާރުކޮށްލާ ކަންތައްތަކަށް އަދަބުވެރިކަމާއެކު އިންކާރުކުރުން. "މިވަގުތު އެކަމަށް އަޅުގަނޑަށް އެއްބަސްނުވެވޭނެ" މިފަދަ ޢިބާރާތެއް ބޭނުންކުރުމުން ވަރަށް ބޮޑަށް އެހީތެރިވާނެއެވެ.
3. ސާފުކޮށް މުޢާމަލާތްކުރުން:އަމިއްލަ ބޭނުންތަކާއި މިންގަނޑުތަކާ ބެހޭގޮތުން ތެދުވެރިވުން. މިސާލަކަށް، "މި ހަފްތާ ބަންދުގައި އަޅުގަނޑަށް އަރާމުކޮށްލަން ވަގުތު ބޭނުން، އެހެންވީމަ ހަފްތާ ފެށުނީމާ ތިކަން ކުރާނަން".
4. އަމިއްލަ ނަފްސަށް އަޅާލުން: އަބަދުވެސް އަމިއްލަ ނަފްސާއި ދޭތެރޭ ވިސްނައި، އަމިއްލަ ހަކަތައާއި އުފާވެރިކަން އާކޮށްދޭ ކަންތައްތަކަށް އިސްކަންދިނުން.
5. ދެކޮޅުވެރިކަމަށް ތައްޔާރުވުން: ބައެއް މީހުން މިފަދަ މިންގަނޑުތަކަށް ދެކޮޅުހަދާފާނެއެވެ. ސާބިތުކަމާއެކު ހުރެ، މިންގަނޑުތައް ކަނޑައެޅުމަކީ އެންމެން ރުއްސަން ކުރާކަމެއް ނޫންކަމާއި ، އަމިއްލަ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ކުރާކަމެއްކަން ހަނދާންކުރުން.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން