ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ހުޅުވައިލައިފިއެވެ.
ކޮލޮމްބޯ ފެޝަން ވީކް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 އިން 22 ފެބުރުވަރީ 2025 ގައެވެ.
ބީއެމްއެލް އިން ދޫކޮށްފައިވާ މާސްޓަރކާޑް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިއަކާއެކު އިތުރު ބައިވެރިއަކަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
2 މީހުންނަށް ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓު
5 ސްޓަރ ހޮޓަލެއްގައި ހުރުން
އިވެންޓުގެ ވީވީއައިޕީ ސީޓިން
ހާއްސަ ކަލިނަރީ އަދި އެހެނިހެން އެކްސްޕީރިއެންސްތައް
މި ޕްރޮމޯޝަން ކުރިއަށްދާނީ 2 ފެބުރުވަރީ 2025 ގެ ނިޔަލަށެވެ.
