އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ދުވުމުގެ ފުރުސަތު ލިބުނު 2 ކަސްޓމަރުން މެރަތަންއަށް ދިއުމަށްޓަކައި މިއަދު ދޯހާއަށް ފުރައިފިއެވެ.

17 ވަނަ ދުވަހު ދޯހާގައި ކުރިއަށްދާ ދޯހާ މެރެތަން އަށް ފުރީ ކަސްޓަމަރުންގެ ލަކީ ޑްރޯއިން ހޮވުނު މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދެވެ. އަދި އުރީދޫ ސްޓަފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދެވެ. 

ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް  ހޯދައިފައިވާ ދޯހާ މެރެތަންގައި، މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15000ށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ. ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް އާއެކު ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައި ވާނެއެވެ. 

އުރީދޫ މޯލްޑިވްސްގެ ފަރާތުން ދޯހާ މެރެތަންގައި ބައިވެރިވާ ކަސްޓަމަރުންނާއި ސްޓާފުންނަށް ކާމިޔާބީއަށް އެދެއެވެ.