"އަ ކޮމްޕްލީޓް އަންނޯން" ގެ ލަންޑަން ޕްރިމިއާ އަށް ބައިސިކަލެއްގައި ދިއުމުން ޖޫރިމަނާގެ ގޮތުގައި 79 އެމެރިކާ ޑޮލަރު ދައްކަން ޖެހުނު ކަމަށް ޓިމޮތީ ޝަލަމޭ ބުނެފިއެވެ.
އުމުރުން 29 އަހަރުގެ ޝަލަމޭ މިހެން ބުނީ، ދާދިފަހުން ފްރާންސްގެ ޝޯވ "ކޯޓީޑިއެން" އަށް ދިން އިންޓަވިއުއެއްގައެވެ.
ލަވަކިޔުންތެރިޔާ، ބޮބް ޑިލަންގެ ހަޔާތުގައި މައްޗަށް ހަދާފައިވާ ފިލްމު، "އަ ކޮމްޕްލީޓް އަންނޯން" ގައި އޭނާގެ ރޯލުން ފެނިގެންދާ، ޝަލަމޭ ވަނީ ޕްރިމިއާ އަށް ލައިމްގެ އިލެކްޓްރިކް ބައިސިކަލެއްގައި ދިއުމުން ޖޫރިމަނާ ދައްކަންޖެހުނީ ގަވާއިދާ ހިލާފަށް އެ އުޅަނދު ޕާކް ކުރުމުން ކަމަށް ބުނެފައެވެ.
ޝަލަމޭ އިތުރަށް ބުނީ، ފިލްމުގެ ޕްރިމިއާ އަށް ބައިސިކަލެއްގައި ދާން އޭނާ ނިންމީ، މަގުމަތީގައި ޓްރެފިކް ޖޭމްއެއް އޮތުމާއެކު، ވަގުތަށް ހާޟިރުވުމުގެ ގޮތުން ކަމަށެވެ.
"އެއީ ވަރަށް ގޯސްކޮށް ހިނގާފައިވާ ކަމެއް، ފަހަރުގައި މިއީ [ލައިމް ކުންފުނީގެ] އިޝްތިހާރެއްގެ ގޮތުގައި ވެސް ހީވެދާނެ." މަޖާޒީ ގޮތަކަށް ޝަލަމޭ ބުންޏެވެ.
ހަމަ ޔަޤީނުން ވެސް މި ހިނގާދިޔަ ހާދިސާ އަށްފަހު ބައިސިކަލް ޕާކު ކުރަން ޝަލަމޭ އަށް އެނގޭނެކަމާ މެދު އެއްވެސް ޝައްކެއްނެތެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން