އިންޑިއާގެ މިޒޫރީގެ ކްލޭ ކައުންޓީގައި ދިރިއުޅޭ މީހަކަށް ވީޑިއޯ ގޭމެއް ކުޅެން އިންދާ އައި ފޯނު ކޯލަކުން 50،000 ޑޮލަރު ލިބިއްޖެއެވެ.
އޭނާގެ ރަހުމަތްތެރިއާ ގުޅި ވަގުތު ގޭމް ކުޅެން އިން އޭނާ ފުރަތަމަ ބޭނުން ނުވީ ގޭމް ހުއްޓާނުލާށެވެ. ނަމަވެސް ރައްޓެހިޔާ ގުޅާވަރުން ގޭމް ޕޯސް ކޮށްލައި ފޯނު ނެގުމުން އެނގުނީ އެ ދެ މީހުން އެކުގައި ގަނެފައިވާ ލޮޓަރީ ޓިކެޓަކުން ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމެވެ.
މި ދެ މީހުންނަށް މި ފައިސާ ލިބުނީ ޕަވަރބޯލް ޑަބަލް ޕްލޭ ޑްރޯއިންގައި ހިމެނޭ ފަސް ނަންބަރުގެ ތެރެއިން ހަތަރު ނަންބަރު (14، 27، 34، 39، 40) އަދި ޕަވަރބޯލް ނަންބަރު (4) ދިމާވެގެންނެވެ.
ލޮޓަރީން ލިބުނު ފައިސާއާ ގުޅިގެން އުފާވެރިކަމާއެކު އޭނާ ބުނީ މިހާރު އޭނާގެ ރަހުމަތްތެރިން އޭނާއަށް ގުޅައި "ރިޗީ ރިޗް" އޭ ކިޔަން ފަށާފައިވާކަމަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން