ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ސިމްބޮލިކް ރެކޯޑްސްއިން 'އެލް2: ޕެސްޓް' ރިލީޒް ކޮށްފިއެވެ.

ޕެސްޓްގެ ނަމުން މަޝްހޫރު އާރޓިސްޓްގެ މި އަލްބަމަކީ މިޔުޒިކް ދާއިރާގައި އޭނާގެ ތަފާތު އަޑަކާއި އުސްލޫބެއް (ސްޓައިލް) ފެނިގެންދާ އަލްބަމެކެވެ. ރާއްޖޭގެ މިޔުޒިކް ދާއިރާގައި އޮންނަ މިންގަނޑު ނުވަތަ 'ލިމިޓް' ނައްތާލަމުންދާ އަލްބަމެކެވެ. 

މި އަލްބަމް ރިލީޒް ކުރިތާ މަދު ދުވަހެއްގެ ތެރޭގައި ގިނަ ބައެއްގެ ތަރުޙީބާއި ސަމާލުކަންވަނީ ހޯދާފައެވެ. އެކި ޕްލެޓްފޯމްތަކާއި މަންސަތަކުގައި މި އަލްބަމް ދަނީ ވިދާލަމުންނެވެ. އޯޑިއޯ އަލްބަމްގެ ސައުންޑް ޓްރެކަށް ގިނަބައެއްގެ ތަޢުރީފު އޮހެމުންދާއިރު، މި އަލްބަމްގެ ޔޫޓިއުބު ވިޔުސް ވަނީ 26،000 އަށްވުރެ މައްޗަށް ގޮސްފައެވެ. ހަމަމިއާއެކު، ސައުންޑްކްލައުޑްގައި 36،400 އަށްވުރެ ގިނަ ޕްލޭސް ހާސިލްކޮށްފައިވާއިރު ހާމަވެގެންދަނީ މި އަލްބަމަށް ގިނަބައެއްގެ ކަންފަތްތައް ހުއްޓިފައިވާކަމާއި އަޑުއެހުންތެރިންނަށް ނުހަނު ކަމުގޮސްފައިވާކަމެވެ. މި އަލްބަމްގައިވަނީ ޖުމުލަ 10 އޯޑިއޯ ޓްރެކެވެ.

ޕެސްޓުގެ 'ދުންތަރި، އަދި 'އޮޔާ' އަކީ މީހުންގެ ތެރޭގައި މަޤުބޫލުކަމާއި ބޮޑު ތަރުޙީބެއް ލިބިފައިވާ ބައެއް ލަވަތަކެވެ. އަދި އެއީ ރާއްޖޭގެ މިޔުޒިކް ދާއިރާގައި އޭނާގެ ނަން ފަވާލެވި، ގިނަބަޔަކަށް ފާހަގަވެގެން ދިޔުމުގައި ބޮޑު ހިއްސާއެއް އޮންނަ 2 ލަވަ ވެސްމެއެވެ. 'އެލް2: ޕެސްޓް' އަލްބަމްއަކީ އޭނާގެ ހުނަރާއި ޤާބިލިއްޔަތު އިތުރު ހަރުފަތަކަށް ގެންގޮސް، ފޭނުންނަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިން އަލްބަމެކެވެ. ޔޫޓިއުބް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައިގެ އިތުރުން އެޕަލް މިޔުޒިކް މެދުވެރިކޮށް މި އަލްބަމް އަޑުއަހާލެވޭނެއެވެ. ސިމްބޮލިކް ރެކޯޑްސް އަށް ފޮލޯ ކޮށްލުމުން ސިމްބޮލިކް ރެކޯޑްސްއާ ގުޅުންހުރި އެންމެފަހުގެ ޚަބަރުތަކާއި، ރިލީޒްތަކުގެ އިތުރުން އަޕްޑޭޑްތައް ލިބޭނެއެވެ.

ޔޫޓިއުބް: www.youtube.com/@SymbolicRecords

ސައުންޑްކްލައުޑް: soundcloud.com/symbolicrecordsmv

ސިމްބޮލިކް ރެކޯޑްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުޙައްމަދު ހާމަކުރާގޮތުގައި، ކައިރި މުސްތަޤުބަލެއްގައި މި އަލްބަމްގެ ވީޑިއޯ ލަވައެއްވެސް ފެނިގެންދިއުމަކީ ވެދާނެކަމެކެވެ.

ސިމްބިލޮކް ރެކޯޑްސްއަކީ މިއުޒިކީ ދާއިރާއިން ރާއްޖޭގައި އެންމެ ތަރުޙީބު ލިބޭ އެއްބައެވެ. އަދި އެއީ ރެކޯޑް ލޭބަލްގެ ފޯމެޓަށް ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ފުރަތަމަ ކުންފުނިވެސްމެއެވެ. 10 އަހަރުގެ ތެރޭގައި "ރަތާ ކަޅުގެ ލަޝްކަރު'ގެ ނަމުން ޒުވާނުންގެ ތެރޭގައި މަޝްހޫރުވެފައިވާ ސިމްބޮލިކް ރެކޯޑްސް މައިގަނޑު ގޮތެއްގައި ޚާއްސަވަނީ ހިޕް-ހޮޕް އާއި ރެޕްއަށެވެ.