ކައިވެނި ކުރަން އެއްބަސްވުން ނުވަތަ އެކަމުގެ ވާހަކަ ދެއްކުމަކީ ތޯތޯ ވާހަކަތަކެއް ނޫނެވެ. މިއީ ދެފަރާތެއްގެ މެދުގައި ވެވޭ ވަރުގަދަ އަހުދެެކެވެ. އެކަމުގައި އެންމެ ފަހު ނިންމުން ނިންމޭނީވެސް ހަމަ އެ ދެފަރާތަށް އެކަންޏެވެ. އެހެނަސް، އަވަށްޓެރި އިންޑިޔާގެ ގިނަ ބައެއް ގަބޫލުކުރާ ގޮތުގައި ކައިވެންޏަކީ ދެފަރާތުގެ އާއިލާގެ މެދުގައި ވެވޭ ވަރުގަދަ އަހުދެކެވެ. މި އަހުދާއި ހިލާފުވުމަކީ އެއީ އާއިލާއަށް ލިބޭ ބަދުނާމެއްގެ ގޮތުގައި އެމީހުން ދެކެ އެވެ. ކައިވެނި ކުރަން ދެބަސްވެއްޖެނަމަ އިންޑިޔާގައި ބޮޑެތި ޑްރާމާތައް ހިނގާކަން އެއީ އަހަރެމެންނަށް ސިއްރު ކަމެއް ނޫނެވެ. 

މިފަހަރު މި ބަލައިލަނީ އެންގޭޖްވާން އިތުރު ވިސްނުމަކަށްދާން އުޅުނު އިންޑިޔާ ފިރިހެނެއް މުޅި ގައުމުގެ ސޯޝަލް މީޑިއާގައި ވައިރަލްވީ ހާދިސާއެއްގެ ވާހަކައެވެ. ރާޖަސްތާންގެ އަވަށަކަށް ނިސްބަތްވާ މި ފިރިހެންމީހާ ކައިވެނިކުރަން އެއްބަސްވި އަންހެންމީހާއާއި އެންގޭޖްވާން އިންކާރުކުރުމުން ދެފަރާތުގެ އާއިލާގެ މެދުގައި ބޮޑު ކޯޅުމެއް ހިނގި ކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައި ވެއެވެ. އެކޯޅުމުގެ ތެރެއިން އަންހެންމީހާގެ އާއިލާއިން އާންމުތަނެއްގެ ތެރޭގައި ފިރިހެންމީހާގެ ބޭބެ ގަދަކަމުން ހިފަހައްޓާފައި އޭނާގެ މަތިމަސް ބާލުވާފައި ވެއެވެ. އެ މަންޒަރު ދުށް ބައެއް މީހުން އެ ހާދިސާ ވީޑިއޯކޮށްފައި ވެއެވެ. މި ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކުރިފަހުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވެއެވެ. އެއަށްފަހު މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ފިރިހެންމީހާ ވަނީ އަސްލުވީގޮތް އޮޅުންފިލުވާދީފައެވެ.

https://www.instagram.com/gbasgboscentral/reel/DFGIbDnoO8R/

އެ ފިރިހެންމީހާ އަންހެންމީހާއާއި ކައިވެނިކުރަން އިންކާރުކުރީ އޭނާގެ ދައްތަ އަންހެންމީހާއާއި ހިތްނުރުހޭތީއެވެ. ފިރިހެންމީހާ ކިޔާދިން ގޮތުގައި އަންހެންމީހާގެ އާއިލާއިން އޭނާއަށް އޮޅުވާލަންވެގެން ފޮނުވި ތަސްވީރާއި އަންހެންމީހާގެ މޫނާއި ދިމާނު ވެއެވެ. އެހެންކަމުން އޭނާގެ އާއިލާއިން ކައިވެންޏާއިމެދު ވިސްނާލަން އިތުރު ވަގުތުކޮޅެއް ބޭނުންވާ ކަމަށް ބުނެފައި ވެއެވެ. ކަރުނައާއި އެެއްކޮށް މި ވާހަކަ ހިއްސާކުރި ފިރިހެންމީހާ ބުނީ އޭނާގެ އާއިލާއިން ވަކި ކައިވެނި ކެންސަލް ކުރަން އުޅޭ ކަމަށް ބުނެފައި ނުވާ ކަމަށެވެ.

 މި ހާދިސާއަށްފަހު އޭނާ ވަނީ ފުލުހުންގެ ހިމާޔަތަށް އެދިފަ އެވެ. އޭނާއަށް ފައިސާ ދީގެން މައްސަލަ އޮއްބާލަން އަންހެންމީހާގެ އާއިލާއިން މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.