އެއްޗެއް ކިޔާލުމަކީ ސްޓްރެސް ކުޑަކުރުމަށް އެހީ ވެދޭ ކަމެކެވެ. އިންސާނާ އެއްޗެއް ކިޔާއިރު، އެ ކިޔާ އެއްޗެއްގެ ކޮންޓެންޓް ސިނކުޑި ތެރެއަށް ވަދެ، ސްޓްރެސް އަށް މެދުވެރިވެދާނެ ކަންކަމުން ސަމާލުކަން ދުރަށް ގެންދިއުމަށް އެހީތެރިވެދެއެވެ. އެއްޗެއް ކިޔާޅުމުން ލިއްބައިދޭ ނަފްސާނީ އެސްކޭޕްއަކީ ސިކުނޑިއަށް އަރާމުކަން ލިބުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، އެންމެ މަދުވެގެން ހަ މިނެޓް ވަންދެން އެއްޗެއް ކިޔުމުން ހިތުގެ ދުވެލި މަޑުވެ ހިތުގެ މަސުލްތަށް ރިލެކްސް ވެ، ވަރަށް ފައިދާހުރި ސްޓްރެސް ރިލީވަރަކަށް ވެގެންދެއެވެ. މިއުޒިކް އަޑުއެހުން ނުވަތަ ސައިތައްޓެއް ބޯލުން ފަދަ ގޮތްތަކަށް ވުރެ އެއްޗެއް ކިޔުން، ސްޓްރެސް ފިލުވުމުގައި ރަނގަޅަށް މަސައްކަތް ކުރަނީ އެއީ ކުރިންވެސް ބުނި ފަދައިން ނަފްސާނީ ގޮތުން ވިސްނުން ފޭރިގަންނަ ކަމެއް ކަމަށް ވާތީ އެވެ.
އެއްޗެއް ކިޔާލުން އެހާ ފައިދާހުރި އަނެއް ސަބަބަކީ ސިކުނޑި ހެޔޮ ގޮތުގައި ސްޓިމިއުލޭޓްކޮށް، ފޯކަސް އާއި ކޮގްނިޓިވް ފަންކްޝަން އިތުރުކޮށްދޭތީއެވެ. އޭގެ އިތުރުން، ގިނަ ފަހަރަށް އެއީ އެކަނި ކުރާ ހަރަކާތެއް ކަމުން، ދުނިޔޭގެ ހަލަބޮލިކަމާ ދުރުގައި ހަމަހިމޭންކަމާއި ހަމަޖެހުމުގެ އިހުސާސް އުފެދިދާނެ އެވެ. ބައެއް މީހުންނަށް އެއީ ކެރެކްޓަރުތަކާ ނުވަތަ ޚިޔާލުތަކާ ގުޅުން ހުރި އަރާމު އިހުސާސެއް ވެސް ގެނެސްދޭނެ ކަމެކެވެ.
އާ މައުޟޫއެކާއި ބެހޭގޮތުން މައުލޫމާތު ހޯދުން ކަމުގައި ވިޔަސް، ނުވަތަ ކަމުދާ ފޮތެއް އަލުން ކިޔުން ކަމުގައި ވިޔަސް، އެއްޗެއް ކިޔުމަކީ ހަމަޖެހިލުމަށް އަދި ނަފްސާނީ އަދި ޖަޒުބާތީ ސިއްހަތު ވެސް ތަރުބިއްޔަތު ކުރުމަށް ރަނގަޅު ގޮތެކެވެ.