ބޭނުންވާ ތަކެތި:

. 1 ސްލައިސް ޕާން ފޮތި

. 1 މޭޒުމަތީ ސަމުސާ ޕީނަޓް ބަޓަރ

. 1 ދޮންކެޔޮ

. މާމުއި ކޮޅެއް (ބޭނުން ނަމަ)

. ސިނަމަން (ބޭނުން ނަމަ)

 

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޕާން ފޮތި މަޑޫ މުށި ކުލައެއް އަރަންދެން ނުވަތަ ކްރިސްޕީ ވަންދެން ޓޯސްޓް ކުރާށެވެ. ޓޯސްޓް ތައްޔާރުވުމުން އޭގެ މަތީގައި ޕީނަޓް ބަޓަރު އުނގުޅާލާށެވެ. ދެން ދޮންކެޔޮ ވަތް ފޮތި ކޮއްފަ އޭގެ މަތީގައި އަތުރާލާށެވެ. އެންމެ ފަހު ކަމަކަށް، މާމުއި ނުވަތަ ސިނަމަން އަޅަން ބޭނުންވާ ނަމަ، އެމީހަކު ބޭނުން ވަރަކަށް އޭގެ މައްޗައް އަޅާނީއެވެ.