20 އަހަރުން ދަށުގެ ސައުތު އެމެރިކަން ޗެމްޕިއަންޝިޕްގައި އާޖެންޓީނާގެ ޒުވާން ޓީމުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވާދަވެރި ބްރެޒިލް ބަލިކޮށްފިއެވެ.
މި މެޗުގައި އާޖެންޓީނާ އިން ޖެހި ހަ ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ ކްލައުޑިއޯ އެޗެވެރީ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އިއާން ސުބިއާބްރޭ، އަގުސްޓިން ރުބާޓޯ އާއި ސަންޓިއާގޯ ހިޑަލްގޯ އެވެ. އާޖެންޓީނާގެ އަނެއް ގޯލަކީ ބްރެޒިލްގެ އީގޯ ސެރޯޓޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި ގްރޫޕުގައި ބްރެޒިލާއި އާޖެންޓީނާގެ އިތުރުން ދެން ހިމެނެނީ؛ އެކުއޭޑޯ، ކޮލަމްބިއާ އަދި ބޮލީވިއާ އެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ޓީމެއްގެ މެދުގައި ކުޅެވިގެންދާ ރައުންޑް-ރޮބިން ބުރަށްފަހު، އެންމެ ކުރިހޯދާ ހަތަރު ޓީމެއް ސެމީ އަށް ދަތުރުކުރާނެ އެވެ.
އެއަށްފަހު، މި މުބާރާތުގެ ސެމީ އަށް ދާ ހަތަރު ޓީމަށް އަންނަ ސެޕްޓެންބަރު މަހު ޗިލީގައި ބާއްވާ 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ ޖާގަ ލިބޭނެ އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން