ކ. ތުލުސްދޫގައި މެކޭނިކަލް ޓްރޭނިން ސެންޓަރ އެޅުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ފަށައިފި އެވެ.
އެކްސްގައި މި މަޝްރޫއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ކުންފުނީގެ މުވައްޒަފުންގެ އިހުލާސްތެރިކަމާއި މަސައްކަތަށް ދޭ އަހައްމިއްޔަތުކަން ޓްރެއިނިން ސެންޓަރު ބިނާކުރުމަށް ކުރާ މަސައްކަތުން ފާހަގަވެގެންދާ ކަމަށެވެ.
މިހާރު ތަރައްޤީ ކުރަމުންދާ މި ތަމްރީނު މަރުކަޒުގައި ސްޓެލްކޯގެ ޓީމުގެ ފަރުވާތެރި ރޭވުންތެރިކަމާއި ޑިޒައިންގެ ހުނަރުތަކަށް ފަހުމީ އަލިއަޅުވާލައްވާފައި ވެއެވެ. ސްޓެލްކޯ މުވައްޒަފުން ޑިޒައިންކޮށްފައިވާ ފަރުމާއާއި އެއްގޮތަށް އެތަން އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރަމުންދަނީ ސްޓެލްކޯގެ މުވައްޒަފުންކަން ފަހުމީ ފާހަގަކުރެއްވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަރުކަޒަކީ ސްޓެލްކޯއަކީ އަމިއްލައަށް ފުދުންތެރި ބައެއްކަން ފާހަގަކުރާ ތަނެކެވެ. ހަމަ އެހެންމެ، އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓްގެ ރަނގަޅު މިސާލެއްގެ ގޮތުގައި ރާއްޖޭގައި މެކޭނިކަލް ޓްރެއިނިންގ ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް މި މަރުކަޒު ވެގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯއިން މި މަޝްރޫއު ފަށާފައިވަނީ ޓްރެއިނިންއަށް ދާ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ. މި ޓްރެއިނިން ސެންޓަރުން އަހަރެއްގެ މައްޗަށް 300 މީހުންނަށް ތަމްރީން ދިނުމަށް ސްޓެލްކޯ އިން އަމާޒުކުރާ ކަމަށް ބުނެފައި ވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން