އިންސާނާގެ ހަށިގަނޑާއިމެދު އަޖައިބުވާންޖެހޭ އެތައް ކަމެއް ވޭ! އެގޮތުން މިއީވެސް ހައިރާންވާން ޖެހޭ ޙަޤީޤަތެއް! އިންސާނާގެ ހަށިގަނޑުގައި މަޢުލޫމާތު ދަތުރުކުރަނީ އެއްވެސް ވަރަކަށް ލަސްނުވެ، ގަޑިއަކު 400 ކިލޯމީޓަރުގެ ބާރުމިނެއްގައި ނުވަތަ ހައިސްޕީޑެއްގައި! މިފަދަ އަވަސް ބާރުމިނެއްގައި މަޢުލޫމާތު ދަތުރުކުރެވެނީ އިންސާނާގެ ހަށިގަނޑުގައިވާ ނާރުތަކުގެ ވިއުގައިގެ ސަބަބުން! މިއީ އިންސާނާގެ އިހުސާސްތައް އުފުލުމާއި އެއަށް ރައްދު އިޝާރާތްތައް ގެންދިއުމަށް ޚާއްޞަ ކުރެވިފައިވާ ޒަމާނީ ހައިވޭއެއް ފަދަ ނިޒާމެއް!

މި މުޅި ނިޒާމުގެ ފެށުން އޮންނަނީ ސިކުނޑީގައި! އެތަނުގައި ހުންނަ ނިއުރޯނުތަކުން ކުދިކުދި އިޝާރާތްތައް ފޮނުވައިދޭ. މި އިޝާރާތްތައް ދަތުރުކުރަނީ ނާރުތަކެއްގެ ތެރެއިން! މި ނާރުތައް ވަނީ މަޔަލިން ކިޔާ ޚާއްޞަ މާއްދާއަކުން ރައްކާތެރި ކުރެވިފަ! މަޔަލިންގެ މަސައްކަތަކީ ކަރަންޓު ވަޔަރުތަކުގައި އަޅާފައި ހުންނަ ޕްލާސްޓިކް ކަވަރު ފަދައިން، އިޝާރާތްތައް ގެއްލުމެއްނުވެ އަވަހަށް ފޯރުކޮށްދިނުން! އަދި އެއް ނާރުން އަނެއް ނާރަށް އިޝާރާތްތަކުގެ އިހުސާސް ދައުރުކުރަނީ އެކްސޯން ނަމަކަށް ކިޔާ ކުދި ބްރިޖު ތަކެއްފަދަ ތަނަކުން ހުރަސްކުރުމަށްފަހު!

ހަށިގަނޑުގައި ހިއްސު ދައުރު ކުރާ މި ސްޕީޑަކީ ބައެއް ބުލެޓް ޓްރޭނުތަކުގެ ސްޕީޑާ އެއްވަރުގެ އަވަސް މިނެއް! މިހާ އަވަސް މިނެއްގައި މަޢުލޫމާތު ދަތުރުކުރާތީ، ހޫނު އެއްޗަކަށް އަތްލެވުމުން ވަގުތުން އަތް ދުރުކޮށްލެވޭ! ބޯޅައެއް ހިފަން އަތް ދިއްކޮށްލެވޭ! އެސްފިޔަ ޖަހަން ހަމަ ބޭނުންވާއިރަށް އެކަން އެބަ ކުރެވޭ! ޙަޤީޤަތުގައި މިއީ ޤުދުރަތީ ގޮތުން އުފެދިފައިވާ އަޖައިބެއް! މިއީ މާތް ﷲ ގެ ކުޅަދުންވަންތަކަން ހާމަވާ ސައިންޓިފިކް ހަގީގަތެއް!

 

ހަވާލާ: ނެޝަނަލް ޖިއޯގްރަފީ 2023