މިއީ މިދިޔަ އަހަރުގެ ތެރޭގައި އިންސާނަކަށް ދިމައި އާދަޔާ ހިލާފު ވާހަކައެކެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި، 64 އަހަރުގެ ފިރިހެނަކު އާދައިގެ މަތިން ދަތް އުނގުޅަން ފެށިއެވެ. އެހެނަސް، ދަތްއުނގުޅާ ބުރުހުގައި ބޭސް ލައި އަނގަ ހުޅުވާލި ހިނދު، އޭނާގެ ދުލުން އާދަޔާ ޚިލާފު އެއްޗެއް ފާހަގަކުރެވުނެވެ. އެއީ ފެހި ކުލައިގެ އިސްތަށިގަނޑެކެވެ. މި މަންޒަރުން އޭނާ ހައިރާންވި ނަމަވެސް، ކަންބޮޑުނުވާން މަސައްކަތްކުރިއެވެ. ނަމަވެސް ދެ ހަފްތާ ފަހުންވެސް، މި ކަމަށް އިތުރު އެއްވެސް ހައްލެއް ނުލިބި، ހާލަތު ގޯސްވަމުން ދިއުމުން، ޑަކްޓަރަށް ދެއްކުމަށް ގަސްތުކުރިއެވެ.

ޑޮކްޓަރުގެ ކޮޓަރީގައި، އޭނާގެ މެޑިކަލް ހިސްޓްރީއާއި ކުރިން ދެވިފައިވާ ފަރުވާތައް ދިރާސާކުރުމަށްފަހު، ޑޮކްޓަރު ނިންމީ މިއީ ހިރުގަނޑުގެ އިންފެކްޝަނަށް ދެވިފައިވާ އެންޓިބަޔޮޓިކެއްގެ ސަބަބުން މެދުވެރިވެފައިވާ ފަންގަސް އިންފެކްޝަނެއް ކަމަށެވެ. އެއާއި އެކު އޭނާއަށް އެންޓިފަންގަލް ބޭހެއް ދީ ގެއަށް ފޮނުވާލެވުނެވެ. އެހެނަސް، ބޭސް ހަމަކުރުމަށްފަހު، އަނެއްކާވެސް ދިޔަ އިރު ފާހަގަކުރެވުނު އަޖައިބަކީ، ފަންގަލް އިންފެކްޝަނެއް ކަމަށް ބެލެވޭ އެ އިންފެކްޝަން އެއްވެސް ވަރަކަށް ކުޑަވެފައި ނުވާކަމެވެ.

އިތުރަށް ބެލި ބެލުމުގައި، ޑޮކްޓަރަށް ފާހަގަކުރެވުނީ ބަލިމީހާގެ ދުލުގެ މަތީ ފަށަލައިގައި ހުރި ކުދި އުފުލިފައިވާ ތަންތަން އާންމުކޮށް ހުންނަ ގޮތާ ވަރަށް ތަފާތުކަމެވެ. އިތުރު އެއްވެސް އަލާމާތެއް ފާހަގަކުރެވިފައި ނުވާތީ، ފަހުގެ ބަލި ދެނެގަތުމުގައި ނިންމުނީ މިއީ "ހެއަރީ ޓަންގް" ގެ ހާލަތެއް ކަމަށެވެ.

ހެއަރީ ޓަންގް އަކީ ކޮބާ؟

މި ހާލަތުގެ ސައިންޓިފިކް ނަމަކީ ލިންގުއާ ވިލޯސާއެވެ. މި ހާލަތު ފެނުމުން ބިރުވެރި މަންޒަރެއް ކަމުގައި ހީވި ނަމަވެސް، މިއީ ގެއްލުމެއް ނެތް ކަމެކެވެ. މި ހާލަތުގައި ދުލުގެ ކޮޅުގައި ތަފާތު ކުލަކުލައިގެ އިސްތަށިތައް ފަޅައެވެ. އަދި މިއީ މި އިސްތަށިތައް ބޭލި ނަމަވެސް ހައްލުވާނެ ކަމެއް ނޫނެވެ. މި ހާލަތުގައި ދުލުގައި ފަޅާ އިސްތަށިތައް، ތުނބުޅީގައި ފަޅާ އިސްތައްޓެކޭ އެއްފަދައިން ދިގުވަމުންވެސް ދާނެއެވެ. މިއީ ބޭހަކުން ރަނގަޅު ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް މިގޮތަށް އިސްތަށި ފެޅުން ކޮންޓްރޯލް ކުރުމަށް ޖަހާ ބައެއް އިންޖެކްޝަން ހުރެއެވެ. އަދި ލޭޒާގެ އެހީގައި މި އިސްތަށިތައް ނައްތާލައެވެ. ނަމަވެސް ދާއިމީ ހަލަކަށް އެއްމެ ކާމިޔާބު ފަރުވާ އަކީ މިއީ ކަމުގައި ޑަކްޓަރުން ފާހަގަ ކުރެއެވެ.

 

ހަވާލާ: ސީ.އެން.އެން 2024