އުނަގަނޑުގައި ރިހުމާއި ފައި އައްސިވުމަކީ ގިނަ މީހުންނަށް ދިމާވާ އާންމު މައްސަލައެކެވެ. މި ދެ ކަމަކީ އެއްތަން އަނެއްތަނާއި ގުޅިފައިވާ ދެ ކަމެވެ. މި މައްސަލަތަކަކީ ގިނަ ފަހަރަށް ދިގު މުއްދަތަކަށް ދެމިގެންދާ އަދި ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރު ކުރުވާ ކަންކަމެވެ.
އުނަގަނޑުގައި ރިހުމަކީ އުނަގަނޑުގެ މަސްތަކާއި، ކަށިތަކާއި އަދި މައިބަދައިގެ ތެރޭގައި އުފެދޭ ވޭނެކެވެ. މިއީ ގިނަ ފަހަރަށް ދުވަސްވީ މީހުންނަށާއި، ގިނަ ވަގުތު އިށީނދެ މަސައްކަތްކުރާ މީހުންނަށާއި އަދި ބުރަ މަސައްކަތްކުރާ މީހުންނަށް ދިމާވާ މައްސަލައެކެވެ. އުނަގަނޑުގައި ރިހުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށާއި، އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ބުރޫ އަރައެވެ.
ފައި އައްސިވުމަކީވެސް ވަރަށް އުނދަގޫ އަދި ވޭންދެނިވި ތަޖުރިބާއެކެވެ. މިއީ ފައިގެ މަސްތަކުގައި އުފެދޭ ވަރުގަދަ އިހުސާސެކެވެ. ފައި އައްސިވުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް އުނދަގޫވެގެން ދެއެވެ.
މި ދެ މައްސަލައިގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:
1. އެކަށީގެންވާ ވަރަށް ހަރަކާތްތެރި ނުވުން
2. ގަވާއިދުން ކަސްރަތު ނުކުރުން
3. ރަނގަޅު ގޮތުގައި ނުހުރުމާއި ނުއިށީނުން
4. ނުބައިކޮށް ބަރުތަކެތި އުފުލުން
5. އާއިލީ ގޮތުންވެސް މިކަން ވާރުތަ ކޮށްފާނެ
މި ދަތު ނުވަތަ އައްސި އުދެނީ ކިހިނެއް؟ ގިނަ ފަހަރަށް އުނަގަނޑުގެ ތަދާއި އެކު ފައިގެ އައްސިކަން އުފެދެނީ މައިބަދައިގެ ތެރެއިންނެވެ. އުނަގަނޑުގައި ރިހެނީ މައިބަދައިގެ މައްސަލައެއްގެ ސަބަބުންނެވެ. ފައި އައްސިވަނީ މައިބަދައިގެ ތެރެއިން، ފަޔަށް ފައިބާފައިވާ ނާރެއް ފިތޭތީއެވެ.
މި މައްސަލަތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
1. ގަވާއިދުން މެދުމިން ވަރުގެ ކަސްރަތު ކުރުން
2. ރަނގަޅު ގޮތުގައި ހުރުމާއި އިށީނުމަށް ސަމާލުކަން ދިނުން
3. ބަރު އެއްޗެހި އުފުލުމުގައި ފަރުވާތެރިވުން
4. ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
5. ފިޒިއޮތެރަޕީ ފަދަ ފަރުވާތައް ހޯދުން
6. ބުރަ މަސައްކަތް ކުރުމުގައި މައިބަދައަށް ލުއިގޮތް އިހްތިޔާރު ކުރުން.
އުނަގަނޑުގައި ރިހުމާއި ފައި އައްސިވުމަކީ އާންމު މައްސަލަތަކެއް ނަމަވެސް، ރަނގަޅު އާދަތަކާއި ފަރުވާތެރިކަމާއެކު މި މައްސަލަތަކުން ރައްކާތެރިވެވިދާނެ ކަމެވެ. މި ހާލަތު އިތުރަށް ގޯސްވެ، ހާލަތު ރަނގަޅު ނުވާނަމަ، އޮޕަރޭޝަން ކޮށްގެންވެސް މިޒަމާނުގައި މިކަންކަމަށް ފަރުވާކުރެވެއެވެ. އަޅުގަނޑުމެންގެ ޞިއްޙަތަށް ސަމާލުކަން ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި މިފަދަ މައްސަލަތަކަށް ރިޢާޔަތްކޮށް، އެކަށީގެންވާ ފިޔަވަޅުތައް އެޅުން މުހިންމެވެ.
ހަވާލާ: މެޔޯ ކްލިނިކް، 2024
