އެއިފަލް ޓަވަރަކީ ފްރާންސުގައި ހުންނަ، ދުނިޔޭގެ ހަތް އަޖައިބުން އެއް އަޖައިބެކެވެ. މި ޓަވަރު ހަދާފައި ވަނީ 1887 އިން ފެށިގެން 1889 އަށް، ދެ އަހަރުގެ މުއްދަތެއްގެ ތެރެއިންނެވެ. މި ޓަވަރުގެ ދިގު މިނުގައި 330 މީޓަރު އެކުލެވިގެން ވެއެވެ. ނަމަވެސް އިނގޭ ހެއްޔެވެ؟ މޫސުމަށް އަންނަ ބަދަލުތަކައި ގުޅިގެން މި ޓަވަރުގެ ދިގު މިނަށް ބަދަލުތަށް އާދެއެވެ.
އެގޮތުން ރީސާޗުތަކުން އެނގިފައިވާ ގޮތުގައި، ހޫނު މޫސުމުގައި ޓަވަރު ހެދުމަށް ބޭނުން ކޮއްފަ ހުންނަ ދަނގަޑަށް، އަވީގެ އަސަރު ކުރުމުން ދިގުމިން އިތުރުވެއެވެ. އާންމު ކޮށް ކޮންމެ އަހަރަކު، މިޓަވަރު ހޫނު މޫސުމުގައި 6 އިންޗް (15 ސެންޓިމީޓަރު) އިތުރުވެއެވެ. ނަމަވެސް ފިނި މޫސުން ފެށުމާއި އެކު ކޮންމެ އަހަރަކުވެސް އަލުން އަނބުރާ އޭގެ އަސްލު ދިގުމިނަށް ބަދަލު ވާކަން ވެސް ވަނީ ފާހަގަ ވެފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން