އަޅުގަނޑުމެންގެ ދިރިއުޅުމުގައި ސާފުތާހިރުކަމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް، ބައެއްފަހަރު އަޅުގަނޑުމެން، އެންމެ ނުސާފު ކަމަށް ޤަބޫލުކުރާ ތަންތަން ނޫން، އެހެން ތަންތަނުގައި ޖަރާސީމު ގިނަވެފައި ހުރެދާނެކަން ދަންނަން އެބަ ޖެހެއެވެ. މިގޮތުން، ގިނަ ބަޔަކަށް އެނގިފައިނުވާ އެއް ކަމަކީ ފާހާނާ ތަށީގެ މަތިގަނޑަށްވުރެ، މޭކަޕް ބުރުހުގައި ޖަރާސީމު ގިނަވެދާނެ ކަމެވެ.

ފާހާނާ ތަށީގެ މަތިގަނޑަކީ އަޅުގަނޑުމެން ގަވާއިދުން ސާފުކުރާ އެއްޗެކެވެ. އަދި މިއީ ޖަރާސީމު ގިނަވާނެ ތަނެއްކަން އެނގޭތީ، ގިނަ ބަޔަކު މިތަން ސާފުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެހެންނަމަވެސް، މޭކަޕް ބުރުހަކީ އަޅުގަނޑުމެންގެ ހަށިގަނޑާ ސީދާ ގުޅުން ހުންނަ އެއްޗަކަށްވެފައި، ގިނަފަހަރަށް ސާފުކުރުމަށް އެހާ ސަމާލުކަމެއް ނުދެވެއެވެ.

މޭކަޕް ބުރުހުގައި ހުންނަ ކުދިކުދި، ހިމަ އަދި ބޯ ފަށްތަކުގެ ތެރޭގައި ޖަރާސީމު ފަސޭހައިން ފޮރުވި، އަށަގަނެފައި ހުރެއެވެ. މީގެ އިތުރުން، މޭކަޕް ބުރުސް ބޭނުންކުރާއިރު ހަމުގައި ހުންނަ ތެލާއި އެހެނިހެން ތަކެތި ބުރުހުގައި ހަރުލުމުން، ޖަރާސީމުތަކަށް ދިރިހުރުމަށް މަގުފަހިވެއެވެ.

މޭކަޕް ބުރުސް ގިނަފަހަރަށް ބެހެއްޓެނީ ކޮޓަރީގައި އެއިރަކު ހުރި ފިނިހޫނުމިނެއްގައެވެ. އާއްމުކޮށް މިއީ ފިނި، ތެތް މާހައުލެކެވެ. މިފަދަ މާޙައުލަކީ ޖަރާސީމު އުފެދި، އަދި އާލާވާން އެންމެ ރަނގަޅު މާޙައުލެވެ.

ގިނަ ބަޔަކު މޭކަޕް ބުރުސް ބޭނުންކުރުމަށްފަހު ރަނގަޅަށް ދޮވެ ސާފުނުކުރާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ޖަރާސީމު އިތުރަށް އާލާވެ، ގިނަވުމަށް މަގުފަހިވެއެވެ. އަދި އެއް ބުރުހަކުން ގިނަ މީހުންނަށް މޭކަޕްކޮށްދިނުމަކީ ތަފާތު ގިނަ، އެތައް ވައްތަރެއްގެ ޖަރާސީމެެއް އަށަގަނެފާނެ ކަމެކެވެ.

އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް ބޭނުންކުރާ ތަކެތީގެ ތެރެއިން، ޚާއްޞަކޮށް ހަށިގަނޑާ ގުޅުން ހުންނަ ތަކެތި ރަނގަޅަށް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މޭކަޕް ބުރުސް ގަވާއިދުން ދޮވެ ސާފުކޮށް، ހޫނުކޮށް، އަވިން ހިއްކުމަކީ ޖަރާސީމު މަދުކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑުގެ ސިއްޙަތު ސަލާމަތްކޮށް ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.

މި މައުޟޫއާ ގުޅޭގޮތުން 2019 ވަނަ އަހަރު އެމެރިކާގެ އެޕްލައިޑް އެންޑް އެންވަޔަރަންމަންޓަލް މައިކްރޯބަޔޮލޮޖީ ޖަރނަލްގައި ޝާއިޢުކުރެވުނު ދިރާސާއެއްގައި ވަނީ މޭކަޕް ބުރުހުގައި ހުންނަ ޖަރާސީމުގެ މިންވަރު ދެނެގަނެވިފައެވެ. މި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، ބޭނުންކުރެވޭ މޭކަޕް ބުރުހުގެ 70-90 އިންސައްތައިގައި ނުރައްކާތެރި ބެކްޓީރިއާ އާލާވެފައި ހުރެއެވެ. މި ހޯދުމުން އިތުރަށް ހާމަކޮށްދެނީ، މޭކަޕް ބުރުސް ގަވާއިދުން ސާފުކުރުމާއި ބަދަލުކުރުމުގެ މުހިންމުކަމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ދުޅަހެޔޮ ސިއްޙަތަށްޓަކައި، މޭކަޕް ބުރުސް ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަން އެނގިގެންދެއެވެ. 

 

ސީ.އެން.އެން، 2020