ބޮލީވުޑް ގެ މަޝްހޫރު ތަރި ފަރުޚާން އަޙްތަރު ގެ ފިލްމު "ތޫފާން" ނެރުން ފަސްކޮށްފިއެވެ. މި ފިލްމުން ފަރުޙާން ފެނިގެންދަނީ ބޮކްސިން ކުޅޭ މީހެއް ގެ ގޮތުގައިއެވެ. ފިލްމު ކުޅެން 15 ކިލޯ ބަރުކުރި ފަރުހާން ވަނީ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ބޮޑީބިލްޑް ވެސް ކޮށްފަ އެވެ.
ފަރްހާން އިތުރަށް ބުނި ގޮތުގައި ސިއްހަތަކީ އޭނާއަށް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ގެއްލުން ލިބޭ ކާނާ ކެއުން ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފިލްމަށް ތައްޔާރުވުމަށް ފެޓްސް، ކާބްސް އަދި ސްޓާޗް ހިމެނޭ ކާއެއްޗެހި ކާންޖެހުމުން ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫވި ކަމަށް ފަރްހާން ބުންޏެވެ. އަދި ތެޔޮ އެކުލެވިގެންވާ ކާނާ ކާންޖެހުމުން ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް ގިނައިން އެފަދަ ކާނާ ކެއުމުން މަދު ދުވަސްކޮޅެއް ތެރޭ 15 ކިލޯ ބަރުކޮށްލެވުނު ކަމަށެވެ.
މި ފިލްމަކީ މި މަހު 21 ވަނަ ދުވަހު އެމެޒޯން ޕްރައިމުގައި ރިލީޒްކުރަން ހަމަޖެހުނު ފިލްމެކެވެ. ފިލްމު ފަސްކުރަމުން އެކްޓަރު ފަރުޚާން ބުނީ، މި ދުވަސްވަރަކީ އިންޑިއާގެ ރަތްޔިތުން ވަރަށް ހިތްދަތިކޮށް އުޅޭ ދުވަސްވަރެއް ކަމަށާއި މި ދުވަސްވަރު ފޯކަސް ހުރީ ހަމައެކަނި ކޮވިޑް ޕެންޑެމިކަށް ކަމަށެވެ. އެހެންކަމުން މި ފިލްމު ރިލީޒްކުރުން ފަސްކުރަން ނިންމާފައިވާ ކަމަށާއި ފިލްމު އަޅުވާނީ އިންޑިއާ އާންމު ހާލަތަކަށް ދިޔުމުން ކަމަށެވެ. އަދި ފިލްމު ރިލީޒްކުރާނެ ތާރީޚު ފަހުން އިއުލާންކުރާނެ ކަމަށް ވެސް ފަރުޚާން ވަނީ ބުނެފަ އެވެ.
އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަންހެން ލީޑު ރޯލު ކުޅެނީ މުރްނާލް ތާކޫރެވެ.
ފަރްހާން އަކީ ގިނަ ބަޔެއް ގެ މަގުބޫލުކަން ހޮދާފައިވާ އެތައް ފިލްމެއް ތަކެއް ކުޅެއް އެތައް ބަޔެއް ގެ ހިތުން ޖާގަ ހޯދަމުންދާ ކާމިޔާބު އަދި އެހާ ވެސް ހުނަރުވެރި ފަންނާނެކެވެ. އޭނާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން "ބާގް މިލްކާ ބާގް" "ދިލް ދަޅަކް ނޭ ދޯ" ގެ އިތުރުން "ޒިންދަގީ ނާ މިލޭންގީ ދޯބާރާ" ހިމެނެއެވެ.
