ހާޓްއެޓޭކެއް ޖެހިގެން ލަވަލިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދުއެވެ.
އުމުރުން އެންމެ 13 އަހަރުގައި މިއުޒިކީ ދާއިރާ އަށް ވަދެ، ’ޓުވެންޓިއަތު ސެންޗަަރީ ބީސީ‘ އާއި’ކުއިކް ސޭންޑް ބޭންޑް’ގައި މަސައްކަތްކޮށްފައިވާއިރު، ރިސޯޓުތަުގައި ވެސް ވަނީ މިއުޒިކް ކުޅެފައެވެ. އަދި މެޒޯ ބޭންޑުގެ ނަމުގައި އަމިއްލަ ބޭންޑެއް އުފައްދާ ވަނީ މިއުޒިކް ކުޅެފައެވެ.
’އުޑުން ތަރިތައް، ވިސްނާ ވިސްނާ، އަކިރި ދެމޭ‘ ފަދަ ބެލުންތެރިންގެ ތަރުހީބު ލިބިފައިވާ ލަވަތައް ކިޔާ، ގިނަބައެއްގެ ރުހުމާއި ލޯބި ހޯދާފައިވާ މޯޑަކީ ކުޅަދާނަ ޑްރަމަރެއް ވެސް މެއެވެ.
މިޔުޒިކީ ދާއިރާގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ މެޒޯ މޯޑު ވަނީ 2010 ވަނަ އަހަރު އެ ދާއިރާ އިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލްކޮށްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން