ރިހަފޮޅިއަކީ ތައްޔާރުކޮށްލަން ފަސޭހަ އަދި ދުލަށް މީރު ހެދިކާއެކެވެ. ރޯދަމަހު ގެ އިރުއޮއްސޭ ވަގުތު ދިވެހި ސުފުރާތަކުގައި ރިހަފޮޅި އަކީ އެއްވަނަ ދަރަޖައިގެ ހެދިކާއެކެވެ.

ތައްޔާރު ކުރުމަށް: 15 މިނެޓް

ކެއްކުމަށް: 20 މިނެޓް

ޖުމްލަ ވަގުތު: 35 މިނެޓް

ބޭނުންވާ ތަކެތި:

ފޮޅި ހެދުމަށް:

▢1 ޖޯޑު ފުށް

▢1 ޖޯޑު ފެން

▢¼ ސައިސަމުސާ ރީނދޫ

▢½ ސައިސަމުސާ ލޮނު

މަސްގަނޑު ހެދުމަށް:

▢1 ޖޯޑު ވަޅޯމަސް (ކޮށާފައި/ބޭނުންނަމަ މަސްދަޅެއް ބޭނުންކުރެވިދާނެ)

▢¼ ޖޯޑު ކާށިކިރު (ބޯކިރު)

▢¼ ޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)

▢1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

▢1 ސައިސަމުސާ ހަނާކުރި ހަވާދު

▢½ ސައިސަމުސާ މުގުރި މިރުސް

▢¼ ސައިސަމުސާ ފޮނިތޮށި އަދި ކާފޫރުތޮޅި(މުގުރާފައި)

▢¼ ސައިސަމުސާ އިނގުރު އަދި ލޮނުމެދު ޕޭސްޓް

▢½ ސައިސަމުސާ ލޮނު

▢1 އިންޗި ރާނބާ ފަތް

ހަދާނެގޮތް

ފޮޅި ތައްޔާރުކުރުން:

.ތައްޓަކަށް ފުށާއި، ރީނދޫ އަދި ލޮނު އެޅުމަށްފަހު އެއްކޮށްލާށެވެ.

.ދެން އޭގެތެރެއަށް ފެން އަޅައި ފަސޭހައިން ތަވާގެ ތެރޭފަތުރާލެވޭނެ ވަރަށް ފުށްގަނޑު ތައްޔާރުކޮށްލާށެވެ.

.ތަވައެއް އުދައި ހޫނުވުމުން، ތައްޔާރުކުރި ފުށްގަނޑުން މޭޒުމަތީ ސަމުސަލެއްގެމިންވަރު ނަގައި ތަވާގެ ތެރެއަށް އަޅާ، ސަމުސަލުގެ ދަށްފުށުން ވަށްބުރަކަށް ވާގޮތަށް ފަތުރާލާށެވެ.

.ފޮޅި ފިހެވުމުން ތަވައިންނަގާ އެއްފަރާތުގައި ބަހައްޓާށެވެ.

މަސްގަނޑު ތައްޔާރުކުރުން:

.ތަވައެއް އުދައި ފިޔާ، ރާނބާފަތް، މިރުސް، މުގުރި ފޮނިތޮށި އަދި ކާފޫރު ތޮޅި އަޅާފައި ފިޔާކޮޅު ރަތްވަންދެން ހަނާކޮށްލާށެވެ.

.ހަނާކުރި ހަވާދުކޮޅާއި، ހިކަނދިފަތް، ވަޅޯމަސް، ރީނދޫ އަދި ލޮނު އޭގެތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބޯކިރުފޮދު އަޅާލާފަ އެއްކޮށްލާށެވެ.

.ލުނބޯ ހުތްކޮޅު އަޅާފައި، ތަވަލުގައި މަތިޖަހާ ފެންކޮޅު ހިނދެންދެން މަޑުގިނީގައި 5 މިނެޓު ވަންދެން ކައްކާލާށެވެ.

.އުނދުން ނިވާލުމަށްފަހު، ތަވާގެ ތެރެއިން ރާނބާފަތް ކޮޅު ނަގާފައި، ތަވާ ހިހޫ ވަންދެން ބަހައްޓާށެވެ.

ރިހަފޮޅި ތައްޔާރުކުރުން:

.ތައްޔާރުކުރި މަސްގަނޑުން މޭޒުމަތީ ސަމުސަލެއްގެ މަސް ނަގައި ފޮޅިއެއްގެ ތެރެއަށް އަޅާފައި އެއްފަރާތުން އޮޅާލާށެވެ.