އުރީދޫ މޯލްޑިވްސްއިން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ މާރޗު މަހު ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫ އިން ބުނީ މިޖަލްސާ އޮންނާނީ 9 މާރިޗު 2025 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 9:30 ގައި ކަމަށެވެ. އަދި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސް އަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ 50 ހިއްސާދާރުންނަށް ކަމަށާއި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެކަމަށް ވަނީ ބުނެފައެވެ. އަދި އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް، އެ މަޢުލޫމާތު އަޅުގަނޑުމެން 7 މާރިޗު 2025 ވާ ބުދަ ހޮނިހިރު ދުވަހުގެ ހަވީރު 6:00 ގެ ކުރިން، އަންގާނެ ކަމަށް ވެސް ބުނެއެވެ.
މި ޖަލްސާގައި ބައިވެރިވެވޭނީ 7 މާރިޗު 2025 ވާ ހުކުރު ދުވަހުގެ ރޭގަނޑު 9:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އުރީދޫ އިން ބުނެއެވެ. އަދި ޖަލްސާގައި ބައިވެރިވެވޭނީ 18 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށް ވެސް ބުނެއެވެ.
މި އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (9 މާރިޗު 2025 ވާ އާދިއްތަ ދުވަހުގެ) ރޭގަނޑު 9.15 އާއި 9.30 އާ ދެމެދު، ލިބިފައިވާ ލޮގިން މަޢުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ކުރުމަށް އުރީދޫ އިން އެދެއެވެ.
