ދ. ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމެއް ގާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭންކިންގެ ޚިދުމަތް ފުޅާކުރާއިރު، މިއަހަރު ނިމުމުގެ ކުރިން އެރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަަމަށެވެ.

މިއަހަރު މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ޚިދުމަތް ފުޅާކުރައްވާނެކަމަށާއި އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޤާއިމްކުރުމުގެ މަޝްރޫޢު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުޑަހުވަދޫގައި މިއަހަރު ޑޮލަރު އޭޓީއެމް ޤާއިމްވުމުން އޭގެ ފައިދާ އެރަށާއި އެސަރަހައްދުގެ އިޤްތިޞާދަށް ކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިމަހު އައްޑޫ ސިޓީ ހިތަދޫގައިވެސް ބީއެމްއެލް ޑޮލަރު އޭޓީއެމެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ.