ކޮވިޑުގެ އެކި ރާޅުތައް ދުނިޔޭގެ އެކި ގައުމުތަކަށް ނަގަމުންދާއިރު ރާއްޖޭގައިވެސް ކޮވިޑް19 ބޮޑު ރާޅެއް ނަގައިފިއެވެ. ކޮންމެ ދުވަހަކު މި ބައްޔައް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން މިރޭ އެޗްއީއޯސީ އިން ހާމަކުރި ތަފާސްހިސާބުގައި ވޭތުވެ ދިޔަ 24 ގަޑިއިރު، މުޅި ރާއްޖެއިން 601 މީހަކުވަނީ މި ބައްޔައް ފައްސިވެފައެވެ. އޭގެ ތެރެއިން 440 މީހުން ފައްސިވެފައިވަނީ މާލެ ސަރަހައްދުންނެވެ.
މާލެ ސަރަހައްދުގެ ފިޔަފަޅުތައް އަލުން ހަރުދަނާކުރަން މިހާރުވަނީ ނިންމާފައެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑުކިޔަމުންނެވެ. ނިމިދިޔަ ލޯކަލްކައުންސިލް އިންތިހާބާއި ދިމާކޮށް ލުއިތަކެއްވަނީ ދީފައެވެ. ގިނަ އާންމު ރައްޔިތުންގެ ކަންބޮޑުވުމަކީ ދައުލަތުން ކޮވިޑް19 އާއި މެދު ފަރުވާކުޑަ ކުރާކަމުގެ ކަންބޮޑުވުމެވެ. ނަމަވެސް ދިވެހި ދައުލަތުން އަންނަނީ ކޮވިޑް19 ފެތުރުނަ ނުދީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮވިޑް19އަށް ފައްސިވާ މީހުން މިހާ ގިނަދުވަސްވަރެއްގައިވެސް މާލޭގެ ހަލަބޮލިކަމަށް ބަދަލެއް ނާދެއެވެ. ފަރުދީ ޒިންމާގެ މަތިން ހަނދާންނެތި އެތަކެއް ބަޔަކު މިހާރުވެސް މާލޭގެ މަގުމަތިން ފެނެއެވެ.
ކޮވިޑް19 އިން ސަލާމަތްވެވޭނީ ދިވެހި ދައުލަތާއި އެންމެހާ އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެކުގައެވެ.
