އެސްޓީއޯ އިން ކުކުޅު ބިސް ކޭސް ވިއްކަމުން އައި އަގު ހެޔޮ ކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ ބިސް ކޭހެއްގެ އަގު 100 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން މީގެކުރިން ބިސް ކޭސް ވިއްކާފައިވަނީ 225 ރުފިޔާ އަށެވެ.
ރޯދައަށް ޚާއްސަކޮށްގެން އެސްޓީއޯއިން ގިނަ އަަދަދެއްގެ ބިސް ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި އެއްވެސް ދަތިކަމެއް ނެތި ބިސް ލިބޭނެ ކަަމަށް ވެސް ވަނީ ބުނެފަ އެވެ.
ބިހުގެ އިތުރުން ފިޔާ ބަސްތާގެ އަގު ވެސް 100 ރުފިޔާއަށް ކުޑަކޮށްފައިވާ އިރު، އަލުވި ވެސް ހުސްނުވެ ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
