ބަރކެންސްޓޮކް ފައިވާނަކީ އާޓެއް ނޫން ކަމަށާއި މިއީ ހަމައެކަނި ފަސޭހަ ފައިވާނެއް ކަމަށް ޖަރުމަނުގެ ފެޑެރަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމައިފިއެވެ.
ބަރކެންސްޓޮކްއިން ވަނީ އެ ކުންފުނީގެ ފައިވާނާ އެއްގޮތް ފައިވާން ވިއްކާ ތިން ވާދަވެރި ކުންފުންޏަކާ ދެކޮޅަށް މައްސަލަ އުފުލާފައެވެ. ބަރކެންސްޓޮކް ބުނީ އެ ކުންފުނީގެ އުފެއްދުންތަކަކީ ކޮޕީރައިޓް ޙިމާޔަތް ލިބިފައިވާ އާޓެއް ކަމަށެވެ. އަދި އެހެން ފަރާތްތަކުން އެ އުފެއްދުންތަކުގެ ކޮޕީ އުފެއްދުން ހުއްޓުވުމަށް އެދުނެވެ.
މި މައްސަލަ ދަށު ކޯޓުތަކުގައި ބެލުމަށްފަހު، ފެޑެރަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމީ ބަރކެންސްޓޮކް ސޭންޑަލްސްއަކީ އާޓެއް ނޫން ކަމަށެވެ. ކޯޓުން ބުނީ އުފެއްދުމެއްގެ ޑިޒައިން ކަނޑައެޅިފައިވަނީ ޓެކްނިކަލް ޝަރުތުތަކާއި ގަވާއިދުތަކުގެ މައްޗަށް ކަމަށްވާނަމަ، އެއީ ކޮޕީރައިޓް ޙިމާޔަތް ލިބޭނެ އެއްޗެއް ނޫން ކަމަށެވެ.
މި ނިންމުމާއެކު، ބަރކެންސްޓޮކްގެ އުފެއްދުންތަކާއި އެއްގޮތް ފައިވާން އުފެއްދުމަށް އެހެން ކުންފުނިތަކަށް ހުރަހެއް ނެތެވެ. މިއީ ޖަރުމަނުގެ ފެޝަން އިންޑަސްޓްރީއަށް މުހިންމު ނިންމުމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން