ޖަޕާނުގެ އިލެކްޓްރޯނިކްސް ފިހާރައެއްގައި މަސާޖު ޗެއަރއެއްގައި ނިދިފައި އޮއްވާ ފިހާރަ ބަންދު ކުރުމުން ، އެފިހާރައިގައި ބަންދުވެފައި އޮތް މީހަކު އެހީއަށް އެދި ޓްވިޓަރުގައި ޕޯސްޓުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ފިހާރައިގެ މުވައްޒަފުން ފިހާރަ ބަންދުކުރިއިރު މި ކަސްޓަމަރު މަސާޖު ޗެއަރގައި އޮތްކަން ނޭގުމުންނެވެ.
@_Asphodelus ކަމަށް ބުނާ މި ފަރާތުން އެކްސްގައި ޕޯސްޓުކޮށްފައިވާ ފޮޓޯތަކުގައި ފެންނަނީ އަނދިރި އަދި ހުސް ފިހާރައެއްގެ ތެރެއެވެ. އޭނާ ޕޯސްޓުކޮށްފައިވަނީ "އޯ މައި ގޯޑް، އަހަރެން ބަންދުވެއްޖެ!" މިހެންނެވެ. ފޮޓޯތަކުގައި ފެންނަނީ ކޭއެސް ނަމަކަށް ކިޔާ ފިހާރައެއްގެ ކުރިމަތީގައިވާ ޝަޓަރުތައް ލައްޕާފައި ހުރި މަންޒަރެވެ.
މި ހާދިސާގައި އެލާމެއް އަޅާފައިވާ ކަމަށް ބެލެވޭކަމަށާޢި އެއާ ގުޅިގެން ފުލުހުން ފިހާރައިގެ މެނޭޖަރާ ގުޅާފައިވާ ކަމަށް ވެއެވެ. 10 ފުލުހުން އައިސް އޭނާ ބަލާ ފާސްކުރުމަށްފަހު އެއީ ވައްކަމެއް ކުރަން އުޅުނު މީހެއް ނޫންކަން ޔަގީންކުރުމަށްފަހު އޭނާ ދޫކޮށްލާފައިވާ ކަމަށް އޭނާ އެކްސްގައި ބަޔާން ކޮށްފައިވެއެވެ.
ފިހާރައިގެ މެނޭޖަރު މި ހާދިސާއާ ގުޅިގެން މާފަށް އެދިފައިވާ ކަމަށާއި، މުވައްޒަފުންނަށް ފިހާރަ ބަންދުކުރިއިރު މަސާޖު ޗެއަރގައި އޮތްކަން ނޭނގުނުކަމަށް ބުނެފައިވެއެވެ. އަދި މި ކަސްޓަމަރުވެސް މާފަށް އެދިފައިވާ ކަމަށް ވެއެވެ. ނަމަވެސް އޭނާ ކިހާ އިރަކު ނިދިފައި އޮތްކަމެއް ސާފެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭ އޭނާގެ އަސްލު ޕޯސްޓު 39،000 އަށްވުރެ ގިނަ ފަހަރު ރީޓްވީޓުކޮށްފައިވެއެވެ. ގިނަ ބަޔަކު މި ހާދިސާއާ ގުޅޭގޮތުން ކޮމެންޓުކޮށްފައިވާއިރު، ބައެއް މީހުން ބުނެފައިވަނީ މިއީ ކުޑައިރު އެމީހުންގެ ހުވަފެނެއް ކަމަށެވެ. އަދި އަނެއްބައި މީހުން މި ހާދިސާ އަޅާކިޔާފައިވަނީ މަޤްބޫލު "އެސްކޭޕް ދަ ރޫމް" ކަހަލަ ގޭމްތަކާއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން