އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ހެލާސް ވެރޯނާ 2-0 އިން ބަލިކޮށް، ޔުވެންޓަސް ތާވަލުގެ ހަތަރުވަނަ އަށް ކުރިއަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު، ޔުވެންޓަސް އޮތީ 27 މެޗުން 52 ޕޮއިންޓް ހަމަކޮށް، ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި އުޅޭ އިންޓަރ މިލާނާ އެ ޓީމާ ދެމެދު އޮތީ ހަ ޕޮއިންޓްގެ ފަރަގެކެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުނަމަވެސް، ވެރޯނާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއްނުވެއެވެ. އެގޮތުން، ވެރޯނާގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބައެއް ހަމަލާތައް އެ ޓީމުގެ ގޯލްކީޕަރު، ލޮރެންޒޯ މޮންޓިޕޯ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.
މި މެޗުގައި ޔުވެންޓަސް އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެ ޓީމަށް މި ދެ ލަނޑުޖަހައިދިނީ ހެފްރެން ތުރާމް އާއި ޓެއުން ކޫޕްމެއިނާސް އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން