ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު އޭނާގެ ކުރީގެ ފިލްމީ ބައިވެރިޔާ މަދޫއާއެކު މަސައްކަތް ކުރި ދުވަސްތަކުގެ ހަނދާން އާކޮށްފިއެވެ. މިކަން އޭނާ ފާހަގަކުރީ އަލަށް ނެރެން ތައްޔާރުވަމުންދާ ފިލްމު "ކަނަޕާ" ގެ ދެވަނަ ޓްރެއިލަރ ދައްކާލުމަށް ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ.
މި ހަފްލާގައި ވާހަކަދައްކަމުން އަކްޝޭ ބުނީ، "މަދޫ ޖީއާ މިއަދު ބައްދަލުވީތީ ވަރަށް އުފާވެއްޖެ. އަހަރެން އޭނާއާއެކު ފިލްމު ކުޅެވިފައި ވާނެ، އޭނާ ކުޅުނީ އަހަރެންނާއިއެކު އެފިލްމު ތަކުގެ ލީޑްރޯލް، އެއީ 'އެލާން' ކިޔާ ފިލްމެއް... 'ޒާލިމް'ގަ ވެސް ދެމީހުންއެއްކޮށް ފެނިގެންދިޔަ އެހެންވީމާ، ވަރަށް އުފާވޭ. އަހަރެން އޭނާއާ އަލުން ބައްދަލުމިވީ 20 އަހަރު ފަހުން ކަންނޭނގެ."
އަކްޝޭ އިތުރަށް ބުނީ މަދޫއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. "މީގެކުރިން ވެސް މަދޫއާ ބައްދަލު ވެފައެބަހުރި ، އެކަމަކު މަދޫއަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތް. މަދޫ ހަމަ އޭރުވެސް ހުރިހެން ތިހިރީ ، އަނެއްކާ ނިދަން އޮންނަނީ ފްރިޖުގަތަ," އަކްޝޭ ވަނީ މަދޫއަށް މިހެން ބުނެ މަދޫގެ ޒުވާން ކަމަށް ތަަޢުރީފް ކޮށްފައެވެ.
މި ދެ ތަރިން އެއްކޮށް މަސައްކަތްކޮށްފައިވާ "އެލާން" އަދި "ޒާލިމް" ނެރުނީ 1990 ގެ އަހަރުތަކުގެ ތެރޭގައެވެ. މި ދެ ތަރިން އަލުން ބައްދަލުވެފައިވަނީ ގާތްގަނޑަކަށް 20 އަހަރު ފަހުންނެވެ. "ކަނަޕާ" ގެ ޓްރެއިލަރ ދެއްކުމުގެ ހަފްލާގައި މި ދެ ތަރިން ބައްދަލުވުމުން، ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ކުރީގެ ހަނދާންތައް އާވެގެން ދިޔައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން