ގިތެޔޮ ބޯކިބަލަކީ ވަރަށް ކުރީއްސުރެ ތައްޔާރުކުރަމުން އަންނަ ފަސޭހަ އަދި އަނގައަށް މީރު ފޮނި ހެދިކާއެކެވެ. ރޯދަ ވީއްލާ ގަޑިއަށް ގިތެޔޮ ބޯކިބާ ވަރަށް ކަމުދާނެއެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު ހަކުރު
2 އިންޗި ފޮނިތޮށި
6 ކާފޫރުތޮޅި
2 ޖޯޑު ކާށި ކިރު
2 ފިޔާ (ކޮށާފައި)
5 އިންޗި ރާނބާފަތް (ބުރިބުރިކޮށްފައި)
2 މޭޒުމަތީ ސަމުސާ ގިތެޔޮ
1/2 ޖޯޑު ކަނަމަދު (ސާފުކޮށް 2-3 ބުރިކޮށްފައިހުރި)
1 ޖޯޑު މާފެން
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ރާނބާފަތްކޮޅާއި 3 ޖޯޑު ފެން އެއްކޮށްގެން ތެއްޔަކަށް އަޅާފައި ކައްކާލާށެވެ.
ރާނބާފަތުގެ ރަހަ ނިކުންނަވަރަށް ކެކުނީމާ އުނދުންމަތިން ބާލާފައި ބަހައްޓާށެވެ.
ފޮނިތޮށްޓާއި ކާފޫރުތޮޅި ދެބައި އެއްކޮށް ހިމުންކޮށް ފުނޑާލާފައި ބަހައްޓާށެވެ.
ގިތެޔޮކޮޅުގައި ފިޔާ ރަތްކޮށްފައި ބަހައްޓާށެވެ.
ދެން ކިރާއި، ފުށް، 1/2 ޖޯޑު މާފެން، އަދި ފޮނިތޮށި ކާފޫރުތޮޅި، ރާނބާފަތު ފެން ތެއްޔަށް އަޅައި ގިރާލާފައި އުނދުންމައްޗަށް އުދާލުމަށްފަހު މަޑު ގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ.
ހަރުވާންފެށުމުން ރަތްކުރި ފިޔާކޮޅުގެ ދެބައިކުޅަ އެއްބަޔާއި އަދި ކަނަމަދުކޮޅުގެވެސް ދެބައިކުޅަ އެއްބައި އެއްކޮށް އަޅާލާށެވެ.
ފުށް ރޯފިލުމުން އުނދުންމަތިން ބާލާފައި ޓްރޭއެއްގައި ތެޔޮ ހާކާލާފައި ހިލާފައި ހުރި ފުށްގަނޑު ޓްރޭގައި ފަތުރާލާފައި ބާކީ ފިޔާކޮޅާއި ކަނަމަދުކޮޅު މައްޗަށް އަޅާފައި ބޯކިބާގެ މައްޗަށް މަޑު ބްރައުން ކުލަ އަރަންދެން ފިހެލާށެވެ.
