ކަރަންޓް ބޭނުންކުރުން އިތުރުވާ ގަޑިތަކުގަ ކަރަންޓް އިޤްޠިޞާދުކުރަން ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.  

ސްޓެލްކޯއިން ބުނީ ހޫނުގަދަވުމުންނާއި ބަދިގޭ އެޕްލަޔަންސްތައް ބޭނުންކުރުމުން ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މައިގަނޑު ގޮތެއްގައި 2 ވަގުތެއް ފާހަގަކުރެވޭއިރު، އެއީ މެންދުރާ ރޭގަނޑު ތަރާވީހްގެ ފަހުންކަމަށް ސްޓެލްކޯ އިން ބުނެއެވެ. 

"މެންދުރު 1 އާއި ހަވީރު 5 އާ ދެމެދު، ހޫނުވުމުގެ އިތުރުން، ރަމަޟާން މަސް ކަމުން މި ވަގުތަކީ ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށް ވާތީ ކަރަންޓު ބޭނުންކުރާ މިންވަރު މި ގަޑިތަކުގައި އިތުރު ކަމަށް ފާހަގަ ކުރެވޭ." ސްޓެލްކޯ އިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ބޭނުންކުރެވޭ ޖުމުލަ ޢަދަދުތައް ކޮންމެ ދުވަހަކުވެސް ބަޔާންކުރަމުން ގެންދާކަމަށާއި އަދި ކޮންމެ ހަފްތާއަކުވެސް ރިޕޯޓެއް ޢާންމުކުރާނެ ކަމަށެވެ. 

އެހެންކަމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކަމަށް ފާހަގަކުރެވިފައި މިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ.