މައިގްރޭންއަކީ ގިނަ ބަޔަކަށް ދިމާވާ، އަދި އެ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބޮލުގައި ގަދަ ރިހުމެއް އިހުސާސްވެ، ބައެއް ފަހަރު މަސައްކަތްތައް ކުރުމަށް ދަތިވެއެވެ. ނަމަވެސް، މައިގްރޭންއަށް ގޭގައި ތިބެގެން ކުރެވިދާނެ ބައެއް ފަރުވާތައް ހުރެއެވެ. މި މަޒުމޫނުގައި އަޅުގަނޑުމެން ބަލައިލާނީ އެފަދަ ބައެއް ފަރުވާތަކަށެވެ.

އަރާމު ކުރުމާއި ނިދުމަކީ މައިގްރޭންއަށް ވަރަށް މުހިންމު ކަމެކެވެ. ބޮލުގައި ރިހެން ފެށުމުން، އަނދިރި ކޮޓަރިއެއްގައި އޮވެ، ލޯމަތީގައި ފިނި ތުވާއްޔެއް އަޅައިގެން އޮތުމުން، ގިނަ ފަހަރަށް ރިހުން ކުޑަވެއެވެ. މީގެ އިތުރުން، ފެންވަރައި އަރާމުކޮށްލުމަކީވެސް ރަނގަޅު ކަމެކެވެ.

ކެއުމުގެ އާދަތައް ބަދަލުކުރުމަކީ މައިގްރޭންއަށް އެހީވެދާނެ ކަމެކެވެ. ބައެއް ކާނާގެ ބާވަތްތަކުން މައިގްރޭން އިތުރުވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. މިސާލަކަށް ޗޮކްލެޓް، ޕްރޮސެސްކޮށްފައިވާ ކާނާ، އަދި ކެފެއިން ހިމެނޭ ބުއިންތައް ފާހަގަކޮށްލެވެއެވެ. މިފަދަ ތަކެތި މަދުކޮށް، ތާޒާ މޭވާއާއި ތަރުކާރީ ގިނައިން ކެއުމަށް އާދަކުރުމުން މައިގްރޭން މަދުވެދާނެއެވެ.

މެޑިޓޭޝަން ފަދަ ސްޓްރެސް މަދުކުރާ ޙަރަކާތްތައް ކުރުމަކީ މައިގްރޭންއަށް ވަރަށް ރަނގަޅު ކަމެކެވެ. ސްޓްރެސްއަކީ މައިގްރޭން އައުމަށް މެދުވެރިވާ އެއް ސަބަބު ކަމަށްވާތީ، މިފަދަ ޙަރަކާތްތަކުން ސްޓްރެސް މަދުކޮށް، މައިގްރޭން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.

ގަވާއިދުން ކަސްރަތު ކުރުމަކީވެސް މައިގްރޭންއަށް ރަނގަޅު ކަމެކެވެ. ކަސްރަތު ކުރުމުން ހަށިގަނޑުން ބައެއް ކެމިކަލްތައް ބޭރުކުރެއެވެ. މިއިން ރިހުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް، މާ ބާރަށް ކަސްރަތު ކުރުމުން މައިގްރޭން އިތުރުވެދާނެތީ، މެދުމިން ވަރަކަށް ކަސްރަތު ކުރުން މުހިންމެވެ.

ބޮލުގައި މަސާޖު ކުރުމަކީވެސް މައިގްރޭންއަށް ވަރަށް ރަނގަޅު ކަމެކެވެ. ބޮލުގެ ނާށިގަނޑުގައި މަޑުމަޑުން މަސާޖު ކުރުމުން ލޭ ދައުރުވުން ރަނގަޅުވެ، ރިހުން ކުޑަވެއެވެ. މިކަން ކުރުމުގައި ޕެޕަރމިންޓް އޮއިލް ފަދަ އެސެންޝަލް ތެޔޮ ބޭނުންކުރުމުން އިތުރަށް ފައިދާ ކުރާނެއެވެ.

މައިގްރޭންއަކީ ފަސޭހައިން އޭގެ ރިހުން ބޮޑުވެގެން ހިނގައިދާނެ ރިހުމެކެވެ. އަދި މިއީ ބައެއްމީހުންނަށް ސިއްހީ ފަރުވާއެއް ހޯދައިގެން ނޫނީ ފަސޭހަކަމާއެކު ރިހުން ލުޔެއް ނުވެއެވެ. ނަމަވެސް މި ހިއްސާކޮށްލީ ގޭގައިވެސް މައިގްރޭންއަށް ކުރެވިދާނެ ފަރުވާތަކެކެވެ. އިންޝާ ﷲ، ލުއިލިބިގެން ދާނެއެވެ!