ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެ މަގާމަށް އައްޔަން ކުރެއްވީ ގދ. ގައްދޫ، ބިލަތްމާގެ އައިޝަތު ފަޒީނާ ކަމަށެވެ. އަދި ފަޒީނާ ބޯޑު ޑިރެކްޓަރަކަށް އައްޔަންކުރެއްވީ އިއްޔެ ކަމަށެވެ.

ފަޒީނާއަކީ މީގެ ކުރިން ވެސް އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފިނޭންސް ޑިރެކްޓަރުންގެ ޕޫލުގައި ވެސް ހިމެނޭ ބޭފުޅެކެވެ.