އުރީދޫ ނޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓް ގުޅިގެން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 ފެށިއްޖެއެވެ.
މި ފެސްޓިވަލް ކުރިއަށްދާނީ 2025 ވަނަ އަހަރުގެ މާޗް މަހުގެ 12 އިން 14 އަށް ޔޫތު ތާޑް ސްޕޭސް (ލިލީ މަގު) ގައި ކޮންމެ ރެއަކު ވެސް ރޭގަނޑު 9:00 އިން މެންދަމު 12ގެ ނިޔަލަށެވެ.
މި މުބާރާތުގައި ވާދަވެރި ޓައިޓަލްތައް ކަމަށްވާ އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި ޓެކެން ވާދަކުރާއިރު، 30،000 ރުފިޔާގެ ޕްރައިޒް ޕޫލްގެ ބައެއް ހޯދުމަށް ހުނަރުވެރި ގޭމަރުން ވާދަކުރާނެ އެވެ. މި ހަރަކާތަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް ހުރިހާ އުމުރު ފުރާ އަކަށް ހުޅުވާލައިގެން ކުރިއަށްދާ ފެސްޓިވަލެކެވެ.
މުބާރާތްތަކުގެ އިތުރުން، ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 އާންމުންނަށް ހުޅުވާލާފައިވާއިރު، މި ފެސްޓިވަލްގައި އިންޓަރެކްޓިވް ޕަބްލިކް އެކްސްޕީރިއަންސް ޒޯނެއް ވެސް ހިމެނެއެވެ. ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް މޯޓަލް ކޮމްބަޓް، ޓެކްކެން އަދި ތަފާތު ނިންޓެންޑޯ ސްވިޗް ގޭމްތަކާ ތަޖުރިބާ ކުރެވޭ ގޮތަށް ވަނީ ރޭވިފައެވެ.
ރާއްޖޭގައި އީސްޕޯޓްސް ކުރިއަރަމުން އަންނައިރު، އުރީދޫ ނޭޝަން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 ގެ މަގްސަދަކީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ވާދަވެރި އަދި މުނިފޫހިފިލުވުމުގެ މާހައުލެއް ގާއިމުކުރުމެވެ. އުއްމީދީ އީސްޕޯޓްސް ޗެމްޕިއަނަކަށް ވިޔަސް ނުވަތަ ކެޝުއަލް ގޭމަރެއް ކަމުގައި ވިޔަސް މި ފެސްޓިވަލަކީ ރަގަޅު އެކްސްޕީރިއަންސެއް ލިބިގެންދާނެ ފެސްޓިވަލެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން