މުވައްޒަފުން ބަލިވެގެން ސިކް ލީވް ނެގުމުގައި އެޗްޕީއޭގެ ފަރާތުން ލިޔުމެއް ބޭނުންވެގެން އެ އިދާރާގައި އެދެމުން އަންނަކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެކި ބަލިތަކުގައި މީހުން ޑޮކްޓަރަށް ދައްކަމުން އަންނަ އިރު، އެފަދަ ފަރާތްތަކުން ސިކްލީވް ސެޓިފިކެޓް ހޯދަން އެދޭ ކަމަށެވެ.

ނަމަވެސް އެޗްޕީއޭ އަކީ އެފަދަ ލިޔުމެއްދޭ ފަރާތެއް ނޫން ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެކަމަކު ކޮވިޑް އަލާމާތެއް ހުރެގެން ޓެސްޓުކޮށް، ކަރަންޓީނުގައި ނުވަތަ ޕޮޒިޓިވްވެގެން އައިސޮލޭޝަންގައިވާ ފަރާތްތަކަށް ބޭނުންވާ ލީގަލް ލިޔުންތައް އެޗްޕީއޭ އިން ދޭނެ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.