ކައިލާން ޢީދު ގިފްޓް ޕްރޮމޯޝަން ފަށައިފިއެވެ. ކޮންމެ ޢީދެއް އަދި ޚާއްޞަ ދުވަސްތަކާއި ގުޅިގެން ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބޭ ޢީދު ޕްރޮމޯޝަން މިފަހަރު ފަށާފައިވަނީ ވަރަށް ޚާއްސަ އަގުތަކަކާއިވެސް އެކުގައެވެ. 

ވަގުތުންގޮސް ގަނެލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މި ގިފްޓް ޕެކްތައް ހުންނާނީ ޢާއްމުކޮށް ހަދިޔާއަކަށް އެހެން ފަރާތަކަށް އެންމެ ކަމުދާނެ ގޮތްތަކަށް ބަލައިގެންނެވެ. އަދި ބޭނުންފުޅުނަމަ އަމިއްލައަށް ގިފްޓްގައި ހިމަނަން 

ބޭނުންވާ އައިޓަމްތައް ޚިޔާރުވެސް ކުރެވިދާނެއެވެ. ކައިލާންގެ ގިފްޓް ޕެކް އޯޑަރ ދެއްވުމުން ގިފްޓްޕެކް އެބޭފުޅެއް އެދޭ މަންޒިލަކަށް ޑެލިވަރވެސް ކޮށްދޭނެއެވެ. ގިފްޓް ޕެކްގެ އިތުރުން ކައިލާން އިން ލިބިލައްވާނެ ޚާއްޞަ ތަކެތީގެ ތެރޭގައި، ދުނިޔޭގެ ބާޒާރުގައި ނަންހިނގާ އެންމެ މަޝްހޫރު ވަސްތައް ކަމުގައިވާ ގުޑް ގާރލް، އޮލިމްޕިއާ، ވިކްޓޯރިއާ ސީކްރެޓް، މިޑްނައިޓް ރޯސް، 

އިންވިކްޓަސް، ސަވޭޖް، ޓޫވަންޓޫ، ބުލޫ ޑެ ޗެނަލް، ފެރަންހައިޓް ފަދަ މަޝްހޫރު ވަސްތަކާއެކު ބާޒާރަށް ނެރެފައިވާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ އަދި ބޮޑީ މިސްޓް އަކީ މިހާރު ރާއްޖޭގައި އެންމެ ބާރަށް ހިނގާ އެންމެ 

މަޤްބޫލް އުފެއްދުންތަކެވެ. މީގެ އިތުރުން އޮރިޖިނަލް ވަސް އެކުލެވޭ ސެންޓްގެ ތެރޭގައި ކްރިއޭޝަން، ބެއާސް، ސްމާޓް އަދި ލަތާފާ އަކީ މިހާރު ރާއްޖޭގައި އެންމެ ހިނގާ ބްރޭންޑް ތަކެވެ. މީގެ އިތުރުން ޚަލާލް މޭކަޕް ބްރޭންޑް 

އިޒަބެލް ޑުޕޮންޑްގެ އެކި އެކި ޕްރޮޑަކްޓް ތަކަކީ މިހާރު ރާއްޖޭގައި ޒުވާނުންގެ މެދުގައި އެންމެ ބޮޑު މަޤްބޫލް ކަމެއް ލިބެމުން އަންނަ މޭކަޕް ބްރޭންޑެވެ. މި ބްރޭންޑްގެ މޭކަޕް ޕްރޮޑަކްޓްސް ތަކުގައި ރާއްޖޭގައި ވިއްކާ ބައެއް އެހެން 

މޭކަޕް ޕްރޮޑަކްޓް ތަކުގައި ނެތް ޚާއްޞަ ކަންތައްތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ޚަލާލް މޭކަޕަކަށް ވުމުގެ އިތުރުން މި ޕްރޮޑަކްޓްތަކުގެ މަސްކަރާއާއި އައިލައިނާ ތަކަކީ ވޯޓަރ ޕްރޫފް އަދި ލޮލުން އުފެދޭ ފެނުން މޭކަޕަށް އެއްވެސް އަސަރެއް ނުކުރާގޮތަށް އުފައްދާފައިވާ މޮޅު އުފެއްދުން ތަކެކެވެ. އަދި ލިޕްސްޓިކްސް ތަކުގެ ތެރޭގައި ރާއްޖޭގައި އެއްމެ ހިނގާ އަދި އެންމެ ރީތި ކުލަތަކުގެ މެޓް ސީރީސްގެ ލިޕްސްޓިކްސް މި ބްރޭންޑްގައި ކޮލެޓީވެފައި ތަފާތު 

ވާނެއެވެ. މީގެ އިތުރުންވެސް އަންހެން ކަނބަލުންނާ ގުޅޭ ތަފާތު އެކިއެކި ސާމާނު ކައިލާން ޓްރެންޑްސް އަދި ކައިލާން ފިހާރައިން ލިބިލައްވާނެއެވެ.  

ކައިލާން ގިފްޓް އެއްފަހަރާ ގިނަ ޢަދަދަކަށް ބައްލަވައިގަންނަވާނަމަ ޚާއްޞަ އަގުތަކެއްގައި ހޯލްސޭލްކޮށްވެސް ލިބިވަޑައިގަންނަވާނެއެވެ. ކައިލާން ހޯލްސޭލް ސެންޓަރ ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ 

ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ. ކައިލާން ހޯލްސޭލް ސެންޓަރގެ ފޯން ނަންބަރަކީ 7986474 އެވެ