ފަސޭހައިން ތައްޔާރުކޮށްލެވޭ ޕުޑިން ފޮޅިއަކީ ރޯދަ ވީއްލާ ގަޑިއަށް ވަރަށް ކަމުދާނެ ލުއި ފޮނި ކާއެއްޗެކެވެ.

ބޭނުންވާ ތަކެތި:

2 ބިސް

1/2 ޖޯޑު ގެރިކިރު

1/4 ޖޯޑު ކިރު

1/2 ޖޯޑު ފުށް

1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ބިހާއި ގެރިކިރު އަދި ކިރު ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ފުށް އަޅާފައި ރަނގަޅަށް އޮލަވަންދެން ގިރާލާފައި ވެނީލާ އެސެންސް އަޅާށެވެ. ތަވާ ހޫނުވަންދެން މަޑު ގިނީގައި އުނދުން މަތީގައި ބަހައްޓާށެވެ. ތަވާ ހޫނުވުމުން ގިރާފައި ހުރި ފުށް އެތިން، ތަވާގައި ތުނިތުނިކޮށް ވައްކޮށް ފަތުރާލާށެވެ. ފިހެވުމުން ފޮޅި ފަށް ޖަހާލުމަށްފަހު އޮޅާލުމުން ޕުޑިން ފޮޅި ތައްޔާރު ކުރެވުނީއެވެ.