ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ބިގިނަރސް އިލެކްޓްރިޝަން ކޯސް ފޯރ ވިމެން" ގެ ފުރަތަމަ ބެޗު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ކަރަންޓަށް ހޭލުންތެރިކުރުވުމަށާއި، ކަނބަލުންގެ މެދުގައި ކަރަންޓުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމުގެ މަގްޞަދުގައި ކުރިއަށްގެންދިޔަ ކޯހެކެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ބެޗްގައި 16 އަންހެން ބޭފުޅަކު ވަނީ ތަމްރީނުކުރެވިފައެވެ.
ސްޓެލްކޯ އިން ހުޅުވާލި ފުރުޞަތުގައި ޖުމްލަ 350 ފަރާތަކުން ވަނީ މި ކޯހަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
