ތ. ބުރުނީ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ "ދޮންހިޔަލަ ކަޕް" މާދަމާ ފަށަން ނިންމައިފިއެވެ.

ބުރުނީގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކުރިއަށްދާނީ މި މާރިޗް މަހުގެ 31 އިން އޭޕްރީލް 7 ގެ ނިޔަލަށެވެ.

މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު، މާދަމާ ކުޅޭ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އެމްޑީ ސްޕޯޓްސް ކުލަބު ނިކުންނާނީ ޓީމް ފްލަމިންގޯއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ތަފާރިއަންސް ބައްދަލުކުރާނީ ގުރަހަ ސްޕޯޓްސް ކުލަބާ އެވެ.

މި މުބާރާތް މިހާތަނަށް ބޭއްވީ ހަތަރު ފަހަރުގެ ތެރެއިން ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ، އެމްޑީ ސްޕޯޓްސް ކުލަބުންނެވެ.