24 ގަޑިއިރުގެ ތެރޭގައި ކޮވިޑްބަލީގައި ހަތަރުވަނަ މީހަކު މަރުވެއްޖެއެވެ.
ހަތަރުވަނަ މަރެއްގެ ގޮތުގައި މިއަދު ރިޕޯޓުކޮއްފައިވަނީ ނައިފަރުގައި ކޮވިޑް19 އަށް ފަރުވާ ދެމުން އައިމީހެއް ކަމަށް މައުލޫމާތުލިބެއެވެ. މިއީ ނައިފަރުން މިއަދު މަރުވި ދެވަނަ މީހާއެވެ.
މި ބަލީގައި ބުރާސްފަތި ދުވަހު ތިންވަނައަށް ނިޔާވެފައިވަނީ އިންޑިޔާގެ ފަތުރުވެރިއެކެވެ.އަދި މިއަދު ގެ ފަތިހު 3:18 ހާއިރު ވެސް އަންހެނަކު ވަނީ ނިޔާވެފައިވެއެވެ. އެމީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް19ށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ އަންހެނެކެވެ.
މި ހަތަރު މަރާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 78ކަށް އަރާފައެވެ.
