ދުނިޔޭގެ އެންމެ އަގުބޮޑު ޕިއްޒާގެ އަގަކީ 12،000 ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ އެއީ ގާތްގަނޑަކަށް 184،800 ރުފިޔާއެވެ. މި ޕިއްޒާއަކީ އިޓަލީގެ މާސްޓަރ ޕިއްޒާ ޝެފެއްކަމަށްވާ ރެނާޓޯ ވަޔޮލަރގެ އުފެއްދުމެކެވެ. މި ޕިއްޒާއަށް ދެވިފައިވާ ނަމަކީ 'ލުއީ XIII' އެވެ.
މި ޕިއްޒާ ތައްޔާރުކުރުމަށް 72 ގަޑިއިރު ނަގައެވެ. އަދި ގޭގައި މި ޕިއްޒާ ތައްޔާރު ކުރެވެނީ އިޓަލީގެ 3 ކައްކާއިން (ޝެޕްސް) ގެނެސްގެންނެވެ. މި ޕިއްޒާގެ މައްޗަށް އަޅާ ޓޮޕިންގސްގެ ގޮތުގައި ވަރަށް މަދުން ނޫނީ ނުލިބޭ ކަވިއަރގެ (ތާޒާކޮށް ބާނާ މަހުން ނެގޭ ގިނަ އަދަދެއްގެ ބިސް ބޭނުންކޮށްގެން، ލޮނު އަޅައިން ތައްޔާރުކުރާ އެއްޗެއް) 3 ވައްތަރެއް ބޭނުންކުރެއެވެ. މީގެއިތުރުން ބުފެލާ މޮއްޒަރެއްލަ (އިޓަލީގައި ޚާއްސަ ޗީޒްއެއް)، ނޯރވޭ އާއި ޗީލެންތޮއެގެ އިހި އަދި އޮސްޓްރޭލިއާގެ ފިޔާތޮށި މޫދު ލޮނު ވެސް މި ޕިއްޒާ ހެދުމަށް ބޭނުންކުރެއެވެ. ހަމައެހެންމެ 7 ވައްތަރެއްގެ ޗީޒްވެސް ބޭނުންކުރެއެވެ.
އިޓަލީގެ ސަލާނޯއިން އުފެދިގެން އައި މި ޕިއްޒާގައި 8 އިންޗި ހުންނައިރު، މި ޕިއްޒާ އިން 2 މީހަކަށް ރަނގަޅަށް ކެވޭނެކަމަށްވެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު މި ޕިއްޒާއަކީ ޙާއްސަ އޯޑަރުތަކަށް ހަދައިދޭ ޕިއްޒާއެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން