ކެންސަރަކީ މިއަދު ދުނިޔޭގައި އެންމެ ބޮޑަށް ފެތުރެމުންދާ ބަލިތަކުގެ ތެރެއިން އެއް ބައްޔެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ކެންސަރު ޖެހެނީ ހަމައެކަނި ދުންފަތާއި ފޯކުގެ ސަބަބުންނެވެ. ނަމަވެސް މިއީ ހަޤީޤަތާ ޚިލާފު ވާހަކައެކެވެ. ކެންސަރު ޖެހުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި އަޅުގަނޑުމެން ކާ ކާނާވެސް ހިމެނެއެވެ. ނަމަވެސް އަބަދުވެސް އަޑު އިވޭނީ ދުންފަތާއި ފޯކުގެ ވާހަކައެވެ. ޑަކްޓަރުންނާއި ސިއްހީ އެހީތެރިންވެސް އެނޫން އެއްޗެއްގެ ވާހަކައެއް ނުދައްކައެވެ. ބައެއްފަހަރު މަތި އޮމާން ކުރުމުގެ ގޮތުން ސޮސެޖުގެ ވާހަކަ ދައްކައެވެ. އެކަމަކު ކެންސަރުގެ ނުރައްކާ އެހިސާބަކުންވެސް ނުނިމެއެވެ.
މިހާރު އަޅުގަނޑުމެން ކާ ގިނަ ކާނާތަކަކީ ތައްޔާރީ ކާނާތަކެވެ. މި ކާނާތަކުގައި ހުންނަ ކެމިކަލްތަކުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މިއީ ހަމަ އެކަނި ސޮސެޖުގެ ވާހަކައެއް ނޫނެވެ. އެއަށް ޕްރިޒަވޭޓިވް ބޭނުންކޮށްފައި ހުންނަ ކޮންމެ ކާނާއެއްގެ ވާހަކައެވެ. މިސާލަކަށް، ގިނަ ތައްޔާރީ ކާނާތަކުގައި ބޭނުންކުރާ "ސޯޑިއަމް ނައިޓްރޭޓް" އަކީ ކެންސަރު ޖެހުމަށް މެދުވެރިވާ އެއް ސަބަބެވެ. މި ކެމިކަލް ބޭނުންކުރަނީ ކާނާ ގިނަ ދުވަހަށް ބެހެއްޓުމަށާއި، ކުލަ ރީތިކުރުމަށެވެ. ނަމަވެސް މިއީ ހަށިގަނޑަށް ވަރަށް ގެއްލުން ހުރި އެއްޗެކެވެ. ގިނަ ދުވަހަށް ބެހެއްޓުމަށް ޕްރިޒަވޭޓިވްސް އަޅަނީ ހަމަ އެކަނި ސޮސެޖަށް ހެއްޔެވެ؟
މީގެ އިތުރުން، "ބިސްފެނޯލް އޭ" (ބީޕީއޭ) އަކީވެސް ތައްޔާރީ ކާނާތަކުގައި ބޭނުންކުރާ ނުރައްކާތެރި ކެމިކަލެކެވެ. މި ކެމިކަލް ބޭނުންކުރަނީ ޕްލާސްޓިކް ފުޅިތަކުގައި ކާނާ ބަންދުކުރާ ކާރުހާނާތަކުގައެވެ. މި ކެމިކަލްގެ ސަބަބުން ހަށިގަނޑުގެ ހޯމޯން ސިސްޓަމަށް ބަދަލު އައިސް، ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.
ހަމައެހެންމެ، "ޓްރާންސް ފެޓް" އަކީވެސް ތައްޔާރީ ކާނާތަކުގައި ގިނައިން ބޭނުންކުރާ ނުރައްކާތެރި އެއްޗެކެވެ. މިއީ ކާނާގެ މުއްދަތު އިތުރުކޮށް، ރަހަ ރަނގަޅުކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް މިއީ ހަށިގަނޑަށް ވަރަށް ގެއްލުން ހުރި އެއްޗެކެވެ. މި އެއްޗެހީގެ ސަބަބުން ހިތުގެ ބަލިތަކާއި ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.
އެހެންކަމުން، ކެންސަރު ޖެހެނީ ހަމައެކަނި ދުންފަތާއި ފޯކުގެ ސަބަބުންނެއް ނޫނެވެ. އަޅުގަނޑުމެން ކާ ތައްޔާރީ ކާނާތަކުގައި ހުންނަ ކެމިކަލްތަކުގެ ސަބަބުންވެސް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން، ސިއްހަތަށް ރަނގަޅު، ޠަބީޢީ ކާނާތައް ކެއުމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ތައްޔާރީ ކާނާތައް ކެއުމުގައި ވީހާވެސް ފަރުވާތެރިވާން ޖެހެއެވެ. މިގޮތަށް ޢަމަލުކުރުމުން، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެއެވެ. އަދި ސިއްހީ އެހީތެރިންވެސް، އަބަދު ދުންފަތާއި ފޯކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ހަގީގަތް ހާމަކޮށް އަސްލަށް ވާހަކަ ދައްކަންވާނެއެވެ. ފަހަރުގައި ދިރާސާތައް މަދުވެދާނެއެވެ. ނަމަވެސް ހަގީގަތް ވާނީ ހަގީގަތަކަށެވެ. ދިރާސާތައް މަދުވަނީ ކީއްވެގެންތޯވެސް ވިސްނާލަމާ ހިނގާށެވެ. އެހެނީ ގަސްތުގައި ބަޔަކު، އެ ދިރާސާތައް ނުކުރާތީއެވެ. ވިސްނާ ފިކުރުކޮށްލުމުން މި ދައްނަވާ ވާހަކަ ފަހުމުވެދާނެއެވެ.
ހަވާލާ: ޕަބްމެޑް - 2023
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން