އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ.
އުރީދޫ އަކީ ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކަރއެވެ. 3ޖީ، 4ޖީ އަދި 5ޖީ އެއަރފައިބަރ ބްރޯޑްބޭންޑް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ކުންފުނި އަދި، ސަބްމެރިން ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެ 4ޖީ+ ނެޓްވޯކާ ގުޅާލީވެސް އުރީދޫއިން - އިނޮވޭޝަން ވަނީ އުރީދޫގެ ޑީ.އެން.އޭ އާއި ގުޅި ލާމެހިފައެވެ. ހުޅުމާލޭގައި އެ ކުންފުނީގެ ޓިއަރ 3 ޑޭޓާ ސެންޓަރާއި، ކުޅުދުއްފުށީގައި ރީޖަނަލް ޑޭޓާ ސެންޓަރެއް ޤާއިމުކުރެވި، ޑިޖިޓަލް ދުނިޔޭގައި ރާއްޖެ ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދެވެއެވެ.
ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމުގެ ގޮތުން އުރީދޫ ނޭޝަން ވަނީ ތައާރަފުކުރެވިފައެވެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޕްރޮޑަކްޓްތައް ގެނެސް، އަޅުގަނޑުމެންގެ މުޖުތަމައުގައި އިންވެސްޓްކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނެއެވެ.

އުރީދޫގެ 20 އަހަރުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަސްޓަމަރުންނަށް ޚާއްޞަ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.
ލިވް އަންލިމިޓެޑް
ލިވް އަންލިމިޓެޑް ވިތު އުރީދޫ އަކީ ހަމައެކަނި ސްލޯގަންއެއް ނޫނެވެ. އެއީ ވައުދެކެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ތިމާގެ ލޯބިވާ މީހުންނާއި، ތިމާގެ ޝައުގުވެރިކަމާއި، އަދި ބޭރު ދުނިޔެއާ ގުޅިފައި ހުންނާނެ ކަމުގެ ވައުދެކެވެ. އެންމެ މަގުބޫލު ޝޯތައް ސްޓްރީމް ކޮށް، ގޭމްކުޅެ، ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަކް ކުރުމަށް ލިމިޓަކާއި ނުލާ ކަނެކްޓިވިޓީ އުރީދޫއިން ފޯރުކޮށްދޭނެއެވެ.
އުރީދޫގެ 20 އަހަރުގެ މުނާސަބަތުގައި ކޮންމެ 20 ދުވަހަކުން 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ޖުމްލަ 19 އުމްރާ ދަތުރު އުރީދޫން ދޭއިރު، ލަކީޑްރޯއެއް މެދުވެރިކޮށް 2 މީހަކަށް ޙައްޖު ދަތުރެއް ބޮޑު އިނާމުގެ ގޮތުގައި ދެވޭނެއެވެ.
އެކަމަށް ފުރިހަމަވާންޖެހޭ ބައެއް ޝަރުތުތައް އެކުލެވިގެންވާކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އެޕަލް ވެއާބަލްސް
އެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާއަށް އުރީދޫ އީސިމްގެ ހިދުމަތް ފޯރުކޮށްދޭ އެޕަލް ވޮޗް ސެލިއުލާ ސާވިސް ފޯރުކޮށްދިނުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދެވޭ ފުރަތަމަ ފަހަރެވެ. އަދި އުރީދޫ ގުރޫޕުގެ ފަރާތުން މި ސާވިސް ފޯރުކޮށްދެވޭ 3 ވަނަ ގައުމެވެ.
މި ހިދުމަތް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ހިލޭ ލިބޭނެ، އެއަށް ފަހު މަހަކު 199 ރުފިޔާއަށް ހިދުމަތް ލިބޭނެ ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ފޯނު ބޭނުން ނުކޮށް ސީދާ އެޕަލް ވޮޗުން ގުޅާލެވޭނެ އެވެ.

ސްމާޓާ ހޯމް
ސުޕަނެޓް ކަނެކްޝަންތަކާއެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ދަށުން، ސެކިއުރިޓީ ކެމެރާ އަކާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއި ފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ގެނެސްދެ އެވެ.
ސްމާޓާ ހޯމް އިނީޝިއޭޓިވް އަކީ ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން ސްމާޓް ޑިވައިސްތައް ބޭނުންކޮށްގެން އާންމު ދިރިއުޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ގެނައުމަށް ލޯންޗުކުރެވުނު ޕްރަޑަކްޓެކެވެ. ކުރިއަށް އޮތް ތަނުގައި އުރީދޫގެ ޕޯޓްފޯލިއޯއަށް އާ ސްމާޓް ޑިވައިސްތައް އިތުރުވެގެންދާނެއެވެ.
ފަން ރަން
ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އުރީދޫގެ ފަން ރަން 2 ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޑިސެމްބަރު މަހު އަޅުގަނޑުމެން ހުޅުމާލޭގައި ފަން ރަން ބާއްވާއިރު، މިއަހަރުގެ އަތޮޅު އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2025 ގައި އައްޑޫ ސިޓީގައެވެ.

މަސްރޭސް
މިއަހަރުވެސް 3 ތަނެއްގައި މަސްރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލެ އަތޮޅާއި ރާއްޖޭގެ ދެކުނު އަދި އުތުރުގެ ރަށެއްގައި އޮގަސްޓު މަހު މަސްރޭސް ބޭއްވިގެންދާނެއެވެ.
މަސްރޭސް ބޭއްވުމަށް އެކި ރަށްރަށުން އުރީދޫ އަށް ވަރަށް ގިނަ ރިކުއެސްޓްތައް ލިބެމުންދާތީ، އުތުރާއި ދެކުނުގެ ރަށު ކައުންސިލްތަކަށް މަސްރޭސް އެމީހުންގެ ރަށްރަށުގައި ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު އެ ކުންފުނިން ވަރަށް އަވަހަށް ހުޅުވާލާނެއެވެ.
އާ އެމްބެސެޑަރ
އުރީދޫއަކީ ދިވެހި ހުނަރުވެރިންނާއި މުޖުތަމައުއަށް އިންވެސްޓްކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. ފުޓްބޯޅައަށް އިންވެސްޓް ކުރަނީ މާޒިޔާއާ އެކު ޕާޓްނާޝިޕް، ހަބޭސް ބޮޑުބެރުއާ އެކު ޕާޓްނާޝިޕާ އެކު ކަލްޗާ އަށް މިދަނީ އިންވެސްޓުކުރަމުންނެވެ.
މިއަހަރު އުރީދޫން އާ ސަފީރަކު ޢައްޔަންކޮށް، މަސްވެރިކަމުގެ ދާއިރާއަށް އެ ކުންފުނިން ވެފައިވާ ވަޢުދު އަލުން ކަށަވަރު ވެގެން މިދަނީއެވެ. އުރީދޫގެ އާ ސަފީރަކީ އާދަމް ރަޝީދު، ސޯޝަލް މީޑިއާގައި މަޝްހޫރު، އޭނާގެ ޗެނަލް ނަން "ދަ ލައިފް އޮފް އަ ފިޝަރމޭން" ފަރެސް މާތޮޑާގެ ޕޯލް އެންޑް ލައިން މަސްވެރިއެއްގެ ގޮތުގައި އޭނާގެ ދަތުރާއި އެޑްވެންޗާތައް ހިއްސާކުރެ އެވެ.
އުރީދޫ އާއިލާއަށް ރާޝިދަށް މަރުހަބާ ކިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން އަބަދުވެސް ގަބޫލުކުރަނީ އާ ކަންކަން ކޮށް، އިންޑަސްޓްރީއަށާއި މުޖުތަމައުއަށް ފައިދާ ވާ ގިނަ ކަންތައްތައް ކުރުމަށެވެ. އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެ އާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ޚާއްޞަ ޕްރޮޖެކްޓެއްގެ މަސައްކަތުގައެވެ.
20 އަހަރަކީ ކުޑަ ދުވަސްކޮޅަކަށްވީ ނަމަވެސް، އެ ކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ބުރަ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ދަނީ ރާއްޖެ އަށް ތަޢާރަފްކުރަމުންނެވެ.
މިއަދު އުރީދޫން ފާހަގަކޮށްލާފައިވަނީ މިއަހަރު އަންނަ ބައެއް ކަންތައްތައް ކަމަށާއި، މުޅި އަހަރަށް އަދިވެސް އިތުރު ސަޕްރައިޒްތަކެއް އަންނަން އެބަހުރި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސް ތިޔަބޭފުޅުންގެ "ލިވް އަންލިމިޓަޑް" ތަޖުރިބާއާއެކު ތިޔަބޭފުޅުންނަށް ދިރިއުޅުމަށް ފަސޭހަވާފަދަ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ތިބީ ތައްޔާރަށެވެ.
